Wednesday, November 18, 2015




ލިޔުނީ : އާއިޝަތު ޞަބީނާ
ތާރީޚް: 17 ނޮވެމްބަރ 2015
އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ތަރަށްޤީވަމުން އައިސްފައިވާ ގޮތުގެ ތާރީޚް
ޓެކްނޮލޮޖީގެ އާއީޖާދުތަކުން އިންސާނުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި ލިބެމުންދާ ކާމިޔާބީތަކާއި ފަސޭހަތަކަކީ މިމުޖަތަމަޢު ތަޖުރިބާ ކުރަމުންދާ ކަންތަކެކެވެ. މިކުރިއެރުމާއި ޓެކްނޮލޮޖީގެ އަސަރު އަހަރެމެންގެ މުޖްތަމައުން ގެ ތަޢުލީމަށް ކުރެއެވެ. އެގޮތުން ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ވަސީލަތްތަކަށްވެސް ވަރަށް ގިނަގުނަ ބަދަލްތަކަކާއި ކުރިއެރުންތަކެއްވަނީ އައިސްފައެވެ. ޒަމާނާއިއެކުވެގެން އުނގަންނައިދިނުމާއި އެއާއި ގުޅޭކަންކަމުގައި ކިޔަވައިދިނުމަށް ބޭނުންކުރެވޭ ވަޞީލަތްތައް ދުވަހުންދުވަހަށް ބަދަލްތަކާއި ކުރިއެރުމާއި ތަރައްޤީ އަންނަކަމީ މިމުޖްތަމަޢުގައި ދިރިއުޅޭ އެންމެންވެސް ޤަބޫލުކުރާ ޙަޤީގަތެކެވެ. އެގޮތުން ޤަދީމީޒަމާނުގައި ބޭނުންކުރެވޭ ވަޞީލަތައް އެހާބޮޑު މުހިއްމުކަމެއްދެވިފައެއްނެތެވެ. އޭގެ ބަދަލުގައި ދަރިވަރުންނަށް އަދަބުދިނުންފަދަ ކަންކަން އޭރު މާމުހިއްމުކަމެއްކަމުގައިވިއެވެ. ޤަދިމީޒަމާނުގައި ކިޔަވަދިނުމުގައި ވޮށިފިލާ، " މެޖިކަލް ލެންޓަރން " ބޭނުންކުރިއިރު މިހާރު އޭގެ ބަދަލުގައި " އައިޕެޑް " ، ކޮމްޕިއުޓަރ ލެޕްޓޮޕް ތަފާތުވައްތަރުގެ ވިޝުއަލް  ވަޞީލަތަކަށް މިވަނީ ބަދަލު ވެފައެވެ. މިހާރުގެ ކިޔެވަވުމާއި ކިޔަވައިދިނުމުގެ މައިގަނޑު ވަޞީލަތަކީ ކޮމްޕިއުޓަރާއި އިންޓަރނެޓްއެވެ.
އެހެންކަމުން އަޅުގަނޑު ދެންބަލައިލާނީ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ތަރައްޤީވަމުންއައިސްފައިވާ ގޮތުގެ ތާރީޚްއަށެވެ.

އެބަކަސް
އެބަކަސްއަކީ ކޮންޕިއުޓަރ ވުޖޫދަށް އައުމަށް މެދުވެރިވިއެއް ސަބަބެވެ. އެއުފެދިފައިވަނީ އީސާގެފާނުގެ 3000 އަހަރުކުރީގައެވެ. މިއީހިސާބުހެދުމަށް އެންމެ ފުރަތަމަ ބޭނުންކުރެވިފައިވާ ޑިވައިސްއެވެ. އެބަކަސްއަށް ލިބިގެންގޮސްފައިވާ އަނެއް ކުރިއެރުމަކީ ޢީސާގެފާނުގެ 400 އަހަރުގެ ކުރިން އުފެދުނު ސަލާމިސް ޓެބްލެޓްއެވެ. މިޓެބްލެޓަކީ އެއްޗެތި ގުނަކުރުމަށް ބޭނުންކުރެވޭ ކައުންޓިންގ ބޯޑެކެވެ. ޢީސާގެފާނުގެ 200 އަހަރުފަހުން ޗައިނާގެ ސައުންފޭން އަދި ޖަޕާނުގެ ސޮރޮބަންވަނީ ކޮމްޕިއުޓަރ ޓުރޭ ތަޢާރަފް ކޮށްފައެވެ. Han Liu, Ph.D.  )

                                އެބަކަސް



ލިއަނާޑޯ ޑަރވިންސިން  ގެ ކަލްކިއުލޭޓަރ
ޢީސާގެފާނުގެ 1452 އަހަރު ފަހުން ލިއަނާޑޯ ހިސާބުކުރުމުގެ އާލާތެއް ( ޑިވައިސް ) އުފެއްދިއެވެ.

ގަޓިންބަރގުގެ ޕުރިންންޓިންގ ޕްރެސް
ޖަރުމަނުގެ ރައްޔިތެއް ކަމުގައިވާ ޖޯނެސް ގަޓެންބަރގު ފުރަތަމަ ފަހަރަށް ޕުރިންޓިންގު ޕުރެސް އުފެއްދިއެވެ. އެގޮތުން 1452 ކުން 1456 ވަނަ އަހަރުގެ ތެރޭގައި އެންމެފުރަތަމަޗާޕް ކުރެވުނުފޮތް ޗާޕްކުރެވިފައިވެއެވެ.

                           ގަޓިންބަރގު ޕުރިންޓިން ޕުރެސް

ސްލައިޑް ރޫލް
1654 ވަނަ އަހަރު ޖަރުމަނުގެ ރޮބަރޓް ބިސާކާ " ސްލައިޑް ރޫލް " ނަމަކަށް ކިޔުނުއާލާތެއް  އުފެއްދިއެވެ. އިންޖިއަނަރުންނާއި ސައިންޓިސްޓުން 1970 ވަނަ އަހަރާއި ހަމައަށް ދިޔައީ މިއާލާތް ބޭނުންކުރަމުންނެވެ. 


                               ސުލައިޑް ރޫލް

މެޖިން ކެޓޭޕްރިކާ ( މެޖިކް ލެންޓަރން )
މެޖިން ކެޓޭޕްރިކާ އުފެދިފައިވަނީ 1946 ވަނަ އަހަރު އެވެ. މިއާލާތަކީ ސްލައިޑް ޝޯފަދަ އެއްޗެތި ދެއްކުމަށް ބޭނުންކުރެވޭ ލެންޓަރން އެކެވެ. މިއީ ޒުވާނުންނާއި މުސްކުޅިން ، ސްކޫލްތަކާއި ، ސިނަމާތަކުގައްޔާއި އަދި ގެތަކުގައި ފަހުގެ ހަރަކާތްތަކާއި ވާހަކަތަކާއި، ޑްރާމާތައް ބެލުމަށް ބޭނުންކުރެވޭ އެއްޗެކެވެ. މެޖިކްލެނޓަރންއިން ސްލައިޑް ތައް ދެއްކުމުގައި ހަރަކާތްތެރިވާންތިބޭ ޕްރޮޖެކްޝަނަލިސްޓުން ސްކުރީންގައި ވާ ފޮޓޯތައް ފަހަރަކު ފޮޓޯއެއް އަވަސް އަވަހަށް ބަދަލު ކުރަމުން ހަރަކާތް ކުރާތަން ދައްކުވައިދެއެވެ. މިގޮތުން ބޭނުންކުރެވޭ ފޮޓޯތަކަކީ ކުރަހައިފައިވާ ކުރެހުންތަކާއި ، ފޮޓޯގުރަފިކް ގްލާސް ތަކެވެ. މިއީ ކުދިގުރޫޕް ތަކާއި މަދު މީސްކޮޅު އުޅޭތަންތަނުގައި ދައްކާ އެއްޗެކެވެ. Han Liu, Ph.D.  )

                             މެޖިކް ލެންޓަރން

ބެންޖަމިސް ފަރޭންކްލީން
ޖޫން 1752 ވަނަ އަހަރު ވަރަށް ތޫފާނީ ދުވަހެއްގައި ގުޑިއެރުވުމުގެ ތެރޭގައި ބެންޖަމިންއަށް ކަރަންޓްގެ އިހްސާސް ކުރެވުނެވެ. މިހޯދުން ވެގެންގޮސްފައި ވަނީ މިޒަމާނުގެ މުޖްތަމައު އެއަށް ބަރޯސާ ވެފައިވާ ކޮމްޕިއުޓަރު ކަރަންޓް ފޯރުވައިދޭ މައިގަނޑު ވަސީލަތަށެވެ.Han Liu, Ph.D.  )

ބަބެޑްޖް
1822 ވަނަ އަހަރު ޗާލްސް ބަބެޑްޖް ވަނީ ކަލްކިއުލޭޓްކުރެވޭ އިންޖީންއެއް އުއްދާފައެވެ. އެގޮތުން ކުރި މަސައްކަތުން ކޮމްޕިއުޓަރެއްގައި އެކުލެވިގެންހުންނަންޖެހޭ ބައިތައްވެސް ފުރަތަމަ ހޯދިފައިވަނީ ވެސް ބަބެޑްޖްއަށެވެ. އެބައިތަކަކީ:
·        އިންޕުޓް ޑިވައިސް ( ކާޑްރީޑަރ )
·        މެމޮރީ ( ސްޓޯރ )
·        ސެންޓުރަލް ޕުރޮސަސިންޔުނިޓް ( ސީ ، ޕީ ، ޔޫ )
·        އައުޓްޕުޓް ޑިވައިސް ( ޕުރިންޓަރު )
ޓެލެފޯން
1876 ވަނަ އަހަރުގައި އެލެގްޒެންޑްރަ ގްރެހެން ބެލް ވަނީ ކަރަންޓުގެ އެހީގައި ވާހަކަދެއްކޭ މެޝިނެއް އިޖާދުކޮށްފައެވެ. މިހާރުގެ ބަހުންނަމަ މިއީ ފޯނެވެ. މިފޯނަށް ނަންދެވިފައިވަނީ ބެލް ޓެލެފޯނުގެ ނަމުންނެވެ.

                               ބެލް ޓެލެފޯން                                   
ތޯމަސް އެޑިސަންގެ އުފެއްދުން
1800 ގެފަހުކޮޅުގައި ފުރަތަލަ ފަހަރަށް ކަރަންޓުގެ އެހީގައި ދިއްލޭބޮކި އުފެއްދިގެންދިޔައެވެ. އަދި ހަމައެހެންމެ ކީނެކޯސްކޯޕް އަދި ޑިސްކުފޮނޯގްރާފްވެސް އުފެއް     ދުނެވެ. (  Han Liu, Ph.D.  )

ވަޔަރލެސް ކޮމިއުނިކޭޝަން
1895 ވަނަ އަހަރު ގްރިއެލްމޯ މާކޮނީ ވަނީ ޓުރާންސްމީޓަރަކާއި، އެންޓަނާއަކާއި ދެމެދުގައިވާ އިލެކްޓުރޯ މެގްނެޓިކްވޭވް ހޯދުމުގައި ކާމިޔާބީހޯއްދަވާފައެވެ.

އެޑިއުކޭޝަނަލް ފިލްމު
އެންމެފުރަތަމަ އެޑިއުކޭޝަނަލް ފިލްމު އުފެއްދުމުގެ މަސައްކަތް ކޮއްފައިވާ ތަންތަނަކީ ނިއުސްރީލް، ޓުރެވަލޮގް، އަދި ސައިންޓިފިކް މޯޝަންއެވެ. މިގޮތުން ކުރެވެމުންދިޔަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ އެޑިއުކޭޝަނަލް ފިލްމު އުފެއްދީ 1902 ވަނަ އަހަރު ޗާރލެސް އާރބަންއެވެ. މިފިލްމުގައި ދައްކުވައިދެނީ ގަސް ހެދިބޮޑުވުމުގެ މަރުޙަލާތަކާއި، ކޮކާލުގެ ހެދިބޮޑުވުމުގެ މަރުޙަލާއާއި، މޫދުއަޑީދެ މަންޒަރުތަކެކެވެ. އާރބަންގެ މިމަސައްކަތަކީ ވަރަށް އަގުހުރި ފައިދާ ހުރި މަސައްކަތެކެވެ. މިމަސައްކަތް އިތުރަށް ފުޅާވެގޮސް ކުލާސްރޫމްގައި ކިޔަވައިދިނުމުގައި ބޭނުންކުރާ ފިލްމު އުފައްދާފައިވަނީ ތޯމަސް އެޑިސަންއެވެ. (  Han Liu, Ph.D.  )

އެޑިއުކޭޝަނަލް ރޭޑިއޯ
އެންމެފުރަތަމަ އެޑިއުކޭޝަނަލް ރޭޑިޔޯއެއް އުފެއްދީ ޔުނިވަރސިޓީ އޮފް ވިސްކޯސިންގައެވެ. މިފަދަ ރޭޑިއޯއެއް އުފެނދުން ވެގެންދިޔައީ ތަޢުލީމީ ދާއިރާއަށް ލިބުނު ކުރިއެރުމަކަށެވެ.

ޓީވީ
ޓީވީ އުފެއްދިތާރީޚް ކަނަޑައެޅިގެން ބުނެދެވެންނެތް ކަމުގައިވިޔަސް އެންމެ ފުރަތަމަ އާންމުންނަށް ޓީވީދައްކާލުން އޮތީ 1927 ވަނަ އަހަރުއެވެ.

ސްޕަޓްނިކް
ސްޕޮޓްނިކް އަކީ އާޓިފިޝަލް ސެޓަލައިޓެކެވެ. 4 އޮކްޓޯބަރ 1957 ވަނަ އަހަރު ވަނީ " ސްޕޮޓްނިކް 1 " ވުޖޫދަށްނެރެ މިކަން ކާމިޔާބުކޮށްފައެވެ. މިސެޓަލައިޓްގެ ބޮޑުމިނަކީ ބާސްކެޓްބޯޅައެއްގެ މިންވަރެވެ.

މައުސް
އެންމެފުރަތަކމަ މައުސް އުފައްދާފައިވަނީ 1963ވަނަ އަހަރުއެވެ.
ކޮމްޕިއުޓަރ
މިނީކޮމްޕިއުޓަރާއި ބޭސިކް (  BASIC ) އުފެއްދީ 1964 ވަނަ އަހަރުއެވެ. އޭގެ އެތަކެއްދުވަހެއްގެފަހުން 1975 ވަނައަހަރު ބާޒާރަށް ޕަރސަނަލް ކޮމްޕިއުޓަރ ނެރެވުނެވެ. (  PC  )  މިއީއެދުވަސްވަރުގެ ބާޒާރުގައި އެންމެ ވަރުގަދައަށް ވިކެމުންދިޔަ އެއްޗަށް ވެގެންގޮސްފައިވެއެވެ. Han Liu, Ph.D.  )



އިންޓަރނެޓް
ފުރަތަމަ އިންޓަރނެޓްގެ ބޭނުން ކުރެވެންފެށުނީ 1973 ވަނަ އަހަރު އެމެރިކާގައެވެ. އިންޓަރނެޓްގެ ވަސީލަތަކީ މިއަދާހަމައަށް ކިޔަވައިދިނުމުގައި އެއާއިނުލައި ކިޔެވުންފުރިހަމަނުވާ އެއްޗަކަށް ވަނީވެފައެވެ.

1990ގެ އަހަރުތަކުގައި
ވިންޑޯސް ( Windows )3.01 އާއި ނެޓްވޯކް ސިސްޓަމް އުފައްދާފައިވަނީ 1990 ވަނައަހަރުއެވެ. އަދި 1991 ވަނަ އަހަރު GOPHER އަދި World Wide Web ( WWW ) ނެރުނެވެ. އަދި 1995ވަނަ އަހަރު  Windows 95 ތަޢާރަފްކުރެވުނެވެ.

ލިންކު

ރިފަރެންސް 

https://www.youtube.com/watch?v=UFwWWsz_X9s




ލިޔުނީ : މަރިޔަމް ފަޒްނާ 
2015 -11 - 18

އޮންލައިންކޮށް އުގެނުމުގެ / ތައުލީމުގެ ފުރުސަތު ( ހިލޭ ) ލިބިދޭ ބައެއް ސައިޓްތައް


            އުނގަންނައި ދިނުމުގައި މުދައްރިސުން ބޭނުންކުރާ ގޮތްތަކާއި، އުކުޅުތައް އަންނަނީ ޒަމާނާއެއްގޮތައް ބަދަލުވެ ތަރައްޤީވަމުންނެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގައިވެސް އުގަންނައި ދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރެވޭވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން  ކިޔެވުމާއި ކިޔަވައިދިނުމުގައިވެސް އޮންލައިން ސައިޓްތައް ފާހަގަ ކޮށްލެވޭ ފަދަގިނަ އަދަދަކަށް ދަނީބޭނުން ކުރެވެމުންނެވެ.  އޮންލައިންކޮށް ކިޔެވުމަކީ ކޮންމެ މީހަކަށް ފަސޭހަކަމާއެކު  ކުރެވޭ ކަމެއްކަމުގައި ނުވިއަސް ، އޮންލައިންކޮށް ކިޔަވާ މީހުންގެ އަދަދާއި ކިޔަވާ ކިޔަވައިދިނުމަށް ތައްޔާރު ކޮށްފައިވާ ސައިޓްތަކުގެ އަދަދަށް ބަލައިލި ކަމުގައި ވިއަސް އޮންލައިންކޮށް ކިޔެވުމަށް މީހުންގެ ޝައުގުވެރިކަމާއި ، ބޭނުންވާވަރު އެނގެއެވެ. އޮންލައިންކޮށް ކިޔަވާމީހުންނަށް އެމީހުން އަމިއްލައަށް ކިޔެވުމުގެ ފުރުސަތު ލިބިގެން ދެއެވެ. ކުރިއަށްދާނެ ތަފާތު ބައިވަރު ގޮތްތައްވެސް އެނގިގެން ދެއެވެ. އޮންލައިންކޮށް ކިޔެވުމަށް ބޭނުންކުރާ ތަފާތު ބައިވަރު ސައިޓްތަކެއް ވެއެވެ. އޭގެތެރޭގައި
·        Dave conservatoire   ( މިސައިޓުން މިއުޒިކް ކުޅޭނެ ތަފާތުގޮތް ތަކާއި ، މިއުޒިކް ކުޅޭނެ ގޮތުގެ ވީޑިއޯ ލިބިދެއެވެ. މިސައިޓްގެ ލިންކަކީ  www.daveconservatoire.org/
·        Drawspace ( މިސައިޓުން ކުރެހުމުގައި ބޭނުންކުރާނެ މޮޅެތި ގޮތްތައް، ކުރަހަން ދަސްކުރާނެ ފިލާވަޅުތައް ދަސްކޮށްދެއެވެ. މިސައިޓްގެ ލިންކަކީ  https://www.drawspace.com/
·        Justin Guitar ( 800 އަށް ވުރެ ގިނަމީހުންނަށް ގިޓާކުޅޭނެ ގޮތުގެ ފިލާވަޅުތަކާއި ، ގިޓާކުޅޭނެ ގޮތާއި ، އަދި ފޯނުގެ ބައެއްއެޕްލިކޭޝަންތަކާއި ބައެއްފޮތް ، ޑީވީޑީ ، ފަދަތަކެތި ލިބެއެވެ. މިސައިޓްގެ ލިންކަކީ www.justinguitar.com/
·        Codecademy ( ސައިންސާ ބެހޭ މައުލޫމާތާއި ، ބައެއް ކޮންޕިއުޓަރ ޕޮރޮގްރާމް ތަކާއި ، ތަފާތު އުމުރު ފުރައިގެ ކުދިންނަށް ކޯސްތައް ހިނަގައެވެ. މިސައިޓްގެ ލިންކަކީ  https://www.codecademy.com
·        Stanford Engineering Every where ( މިސައިޓުން އިންޖިނިއަރިންނަށް ބޭނުންވާނެ ބައެއް ސޮފްޓްވެއާތަކާއި ، ކުލާސްތައް ބޭނުންވާނެ ތަކެއްޗާއެކު ( ސިލަބަސް، ލެކްޗަރ ވީޑިއޯ ، ހޯމްވޯކް ، ޓެސްޓާއި އަދިވެސް ތަފާތު ތަކެތި ލިބެއެވެ. މިސައިޓްގެ ލިންކަކީ  https://see.stanford.edu/
·        Scratch-Imagine,programe,share  ( ކުދިނަށް އުފެއްދުންތެރި ހިޔާލާއި މިއުޒިކް ފަދަތަކެތި ކިޔަވައިދެއެވެ. މިސައިޓްގެ ލިންކަކީ  https://scratch.mit.ed
·        Udemy ( ސިއްޙަތާ ، މިއުޒިކް ، ސޮފްޓްވެއަރ ، ފޮޓޯ ، ދިރިއުޅުމުގެ ވައްޓަފާޅި ، މިފަދަ ކަންކަމަށް ބޭނުންވާ މައުލޫތައް ވީޑިއޯ ދައްކައިގެން ކިޔައިދޭ. މިސައިޓުގެ ލިންކަކީ   https://www.udemy.com
·        E – learning for kids ( 5 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް ތަފާތު މާއްދާތަކުގެ ކޯސްތައްހިންގައެވެ. މިސައިޓްގެ ލިންކަކީ  www.e-learningforkids.org
·        Ed2go  ( ތަފާތު ކެޓަރީތަކުގެ ބޮޑެތި މީހުންނަށް ކޯސްތައްހިންގުން މިސައިޓްގެ ލިންކަކީ  www.ed2go.com
·        British councils schools online ( މިއީ އިގިރޭސި ކިޔަވައި ދިނުމަށް ހާއްސަ ސައިޓެކެވެ. މިސައިޓުން އެކިއުމުރު ފުރައުގެ ކުދިންނަށާއި މީހުންނަށް އިގިރޭސި ކިޔަވައި ދިނުމަށް ތަފާތު ކޯސްތަކާއި ކުލާސްތައް އޮންލައިންކޮށް ހިންގައެވެ. މިސައިޓްގެ ލިންކަކީ https://schoolsonline.britishcouncil.org
·        Skillshare  ( މިސައިޓްގެ މޮޓޯއަކީ “ Lerning different “ އެވެ. މިސައިޓަކީ އާވައްތަރެއްގެ އޮންނަލިން ކޮށް ކިޔަވައިދޭ ސައިޓެކެވެ. ކޮންމެ މީހަކަށްވެސް އެއްޗެއް ދަސްކުރުމަށް ސައިންއިން ވެވިދާނެ އެވެ. އަދި ކޮންމެމީހަކަށްވެސް އެއްޗެއް ކިޔަވައިދިނުމަށް ސައިންއިން ވެވިދާނެއެވެ.  މިސައިޓްގެ ލިންކަކީ https://www.skillshare.com/  
·        Online Learning Centre ( މިސައިޓުން އެއާޕޯޓުގެ ކަންތައް ތަކާއި ބެހޭގޮތުން ތަމްރީން ދިނުމާއި ، ކޯސްތައް ހިންގައެވެ. މިސައިޓްގެ ލިންކަކީ http://www.olc.aero/ މިއީއެވެ.
·        e-learningcenter.com ( މިސައިޓުންވެސް ތަފާތު އެކިއެކި މާއްދާތަކުން ކޯސްތައްހިންގައެވެ. އޭގެ ތެރޭގައި
Live Learing
certifications
Desktop computing
IT skills
·        Business Skills

މިކަހަލަ ތަފާތު ކޯސްތައް ހިންގައެވެ. މިސައިޓްގެ ލިންކަކީ http://www.e-learningcenter.com/

މިއެވެ.


















ރެފަރެންސް
www.ed2go.com
www.daveconservatoire.org
https://www.drawspace.com
www.justinguitar.c
https://www.codecademy.com
·       https://see.stanford.edu/
https://www.udemy.com
www.e-learningforkids.org





Monday, November 16, 2015

ކިޔެވުމުގައާއި ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ބައެއް އޮންލައިން އެޕްލިކޭޝަންތައް ނުވަތަ ސޮޕްޓް ވެއަރ ތައް




 ކިޔެވުމުގައާއި ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ބައެއް އޮންލައިން އެޕްލިކޭޝަންތައް ނުވަތަ ސޮޕްޓް ވެއަރ ތައް
ލިޔުނީ: މުޙައްމަދު ނިޒާރު / ކ. މާފުށީ 
                 16 ނޮވެންބަރ 2015                  
                   

ކިޔަވައދިނުމަކީ ބުރަ އަދި ގިނަ ވަގުތު ހޭދަވާ މާތް މަސައްކަތަކަށް ވާއިރުވެސް، މި މަސައްކަތަކީ މާކުރީ ޒަމާނުއްސުރެ ކުރެވެމުން އައި ކަމެކެވެ. އެކި ޒަމާނުގައި ކިޔަވައިދެމުން ދިޔައީ އެކި ފެންވަރުގައި އެކި ގޮތްގޮތަށް އެކި ތަންތާނގައެވެ. އެންމެ ކުރިން ގޭގޭގެ ބޮޑުއަށި މަތީގައި ކިޔަވައިދޭން ފެށި މި މިމަސައްކަތް މިސްކިތްތަކުން، ޖިފުޓިގަނޑު އަޅައިގެންނާއި މަކުޠަބު، މަދަރުސާތަކުން އައިސް މިހާރު މިވަނީ ޒަމާނީ ސްކޫލްތައް ޢިމާރާތްކޮށް އެސްކޫލްތަކުގައި ކިޔަވަވައިދޭން ފަށާފައެވެ. އަދި ކިޔަވައިދިނުމަށް އެއްޗަކަށް ދޮންވެލި އަޅައިގެން ޤުރުއާން ކިޔަވައިދޭން ފެށިނަމަވެސް، ބްލެކް ބޯޑާއި ޗޯކް ޒަމާން ގާތްގަނޑަކަށް ނިމި، ކުލާސް ރޫމްތަކުގައި ވައިޓް ބޯޑް ހަރުކުރެވި މާކަރުން ލިޔަން ފެށިފައެވެ. މިފަދަ އާދައިގެ ވަޞީލަތާއެކުވެސް ދިވެހި ޓީޗަރުން ފަސްނުޖެހި ހީވާގިކަމާއެކު ވަނީ އޮށްސުމެއް ނުވާފަދަ ތަރިތަކެއް މުޖުތަމަޢުއަށް ނެރެދީފައެވެ. އާދެ އެކި އެކި ރޮނގުރޮގުން މޮޅު ހުނަރުވެރި ދަރިންތަކެއް ވަނީ އުފައްދާފައެވެ.
އަޅުގަނޑުމެންގެ ކުލާސްރޫމްތައް މިހާރުގެ ޙާލަތުން އެހެން ޙާލަތަކަށް ގެންދިޔުމަށް، ސްކޫލްތަކުގައި އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ ކުލާސްރޫމްތަކުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރާ ވާހަކައެވެ. އެގޮތުން ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ކުލާސްރޫމްތަކަށް ވަނީ އެފަދަ ވަޞީލަތްތައް ވައްދައި އޭގެ ބޭނުންކޮށްގެން ކިޔަވައިދޭން ފަށާފައެވެ. އެގޮތުން ކުލާސްރޫމްތަކުގައި ޓީވީ ބަހައްޓައިގެން، ޕްރެޒެންޓޭޝަން ދައްކައިގެން ކިޔަވައިދޭން ފެށިއެވެ. އެކަމުގެ ސަބަބުން ދަރިވަރުން އިހުނަށްވުރެ ކިޔެވުމުގައި ޝައުޤެރިވާން ފެށިއެވެ. ކިޔަވާހިތް ބޮޑުވެ ފިލާވަޅުގައި ބައިވެރިވާން ފެށިއެވެ. އަދި ކުލާސްރޫމްތަކުގައި ޕްރޮޖެޓަރ ހަރުކޮށް ބޯޑަށް އަޅުވައިގެން ކިޔަވައިދިނުމަށްފަހު ބައެއް ސްކޫލް ތަކުގައި ސްމާރޓް ބޯޑް ބޭނުންކުރަން ފެށިއެވެ. ނަމަވެސް އެ ވަޞީލަތްތައް ބޭނުންކުރެވެމުން ދިޔައީ އެފަދަ ވަޞީލަތަކުން ބޭނުންތަކަށްވުރެ މާ އާދައިގެ ގޮތަކަށެވެ. ސްމާޓް ބޯޑް ބޭނުންކުރެވެމުން ދަނީ ޕްރޮޖެކްޓަރ އަޅުވާ ސްކްރީނެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެއީ މާގިނަ ކުދިން ބައިވެރިކޮށްގެން ކިޔަވައިދިނުމަށް ބޭނުންކުރެވިދާވެ އެއްޗެކެވެ.
ކުލާސްރޫމްތަކުގައި އައި. ސީ. ޓީ.ގެ ވަޞީލަތްތައް ބޭނުންކޮށްގެން ކިޔަވައިދޭއިރު އެފަދަ ވަޞީލަތްތަކުގައި ބޭނުންކުރާނެ އެޕްލިކޭޝަންތަކާއި ސޮޕްޓް ވެއަރތައް ވަނީ އުފައްދާފައެވެ. އެ އެޕްލިކޭޝަންތައް ބޭނުން ކޮށްގެން ކިޔަވައިދިނުމަށް ބޭނުންކުރާނެ މެޓީރިއަލްސް ހޯދަން ފަސޭހަވެ، ފިލާވަޅުތައް ކާމިޔާބުކަމާއެކު ނިންމާލެވެއެވެ. އެޕްލިކޭޝަން ސްޓޯރގައި އެތަށް ހާސް އެޕްލިކޭޝަންތަކެއް، ހިސާބާއި ސްއިންސް އަދި ބޭރުގެ ބަސް ކިޔަވައިދިނުމަށާއި ކިޔުމަށް އެބަހުއްޓެވެ. ކުލާހުގައި ކުދިން ބައިވެރިކޮށްގެން، އެލެމެންޓްތަކުގެ ޕީރިއޮޑިކް ޗާރޓެއް ބްރޯސް ކޮށްލެވިދާނެއެވެ.
ސްކޫލްތަކުގެ ބަޖެޓް ކުޑަ ދުވަސްވަރެއްގައި، އުނގެނުމާއި އުނގަންނައިދިނުމުގެ އޮންލައިން އެޕްލިކޭޝަންތައް ހިލޭ ފަސޭހައިން ލިބެން ހުރިއިރު، އޭގެ ބޭނުން ހިފުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. ލުއިސާ މެލަރ (2012) ދެކޭގޮތުގައި ކުލާސްރޫމްގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގެނޭ ކުދިންނަށް އޮންލައިން އެޕްލިކޭޝަންއަކީ އެކުދިންގެ ދެވަނަ ދުނިޔެއެވެ. އަހަރުމެން ޓީޗަރުންނާއި އައި. ސީ. ޓީ. ކޯޑިނޭޓަރުން ކުރައްވަން ޖެހޭ ކަމަކީ އެކުދިންނަށް އޮންލައިން އެޕްލިކޭޝަން ތަޢާރަފު ކޮށްދިނުމެވެ. އޭރުން އެކުދިންގެ އުފެއްދުންތެރިކަމާއި، ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ކުރިއަރާނެއެވެ.
ކިޔަވާކުދިންނަށް އޮންލައިންކޮށް ކިޔެވުމަށް ވަރަށް ގިނަ އެޕްލިކޭޝަން އާއި ސޮފްޓްވެއަރތައް ތައްޔާރުކޮށްފައި އެބަހުއްޓެވެ. އެގޮތުން ތިރީގައި މި ލިޔެލަނީ އުނގެނުމާއި އުނގަންނައިދިނުމުގައި ބޭނުންކުރެވިދާނެ ބައެއް އޮންލައިން އެޕްލިކޭޝަން އާއި ސޮޕްޓް ވެއަރތަކެކެވެ.  
·        ގޫގުލް ފޯރ އެޑިޔުކޭޝަން
-         ގޫގުލް ސްލައިޑް
-         ގޫގުލް ޑޮކްސް
-         ގޫގުލް ކުލާސްރޫމް
·        އިންޓަރނެޓް އެކްސް ޕްލޯރަރ
·        ޔޫޓިއުބު ފޯރ އެޑިއުކޭޝަން
·        ކެންވަސް
·        ގޫގުލް ޑްރައިވް
·        ބްލޮގަރ
·        ޕިންޓަރެސްޓް
މިއިން ކޮންމެ އޮންލައިން އެޕްލިކޭޝަނަކުން ތިމާ އުފައްދާ ރިސޯސްތައް އެހެން މީހުންނަށް ފޯރުކޮށްދިނުމުގެ އިތުރުން ތިމާއަށް ބޭނުންވާ ރިސޯސްތައް ހޯދާ، ބޭނުން ކުރެވެއެވެ.
ލުއިސާ މެލަރ (2012) ވަނީ ކިޔަވައިދިނުމަށް ރަނގަޅު ބަދަލެއް ގެނުވާނެ ދިހަ އޮންލައިން އެޕްލިކޭޝަން ހާމަކޮށްފައެވެ. އޭގެތެރެއިން އަޅުގަނޑު މި ބަޔާންކުރަނީ ބައެއް އެޕްލިކޭޝަންއަށެވެ.
·        ވޯލްވިޝަރ
އެންމެ ފުރަތަމަ ނަޒަރުންވެސް، އޮނލައިން ނޯޓިސް ބޯޑް ޓޫލް، ވޯލް ވިޝަރ ހީވާނި  އެއީ ވަކި މިންވަރަކަށް ބޭނުންކުރެވޭ އެޕްލިކޭޝަނެއްގެ ގޮތުގައެވެ.
ނަމަވެސް ވޯލްވިޝަރ އިން ވާރޗުއަލް ކުލާސްރޫމް ވޯލް ހެދޭނެއެވެ. މީގެ އިތުރުން 160 އަކުރުގެ މެސެޖާއި، ވެބްލިންކާއި، ފޮޓޯ އަދި ވީޑިއޯ އާއި އޯޑިއޯ ޕޯސްޓް ކުރެވޭނެއެވެ. މި އެޕްލިކޭޝަން ބޭނުންކޮށްގެން ދަރިވަރުންނަށް މައިންޑް މެޕާއި، ދެވޭ ސުރުޚީއަށް ރިސާރޗް ވޯލް ހެދޭނެއެވެ. އަދި ޓީޗަރުން ނުވަތަ ދަރިވަރުން ގުޅިގެން ހަދާފައިވާ ސުރުޚީ ވޯލްއަކަށް ވަރަށް ފުޅާކޮށް މަޝްވަރާ ކުރުމަށް ފުރުޝަތު ދެވޭނެއެވެ.
·        ޕްރެޒި (Prezi)

މިއީ ޕްރެސެންޓޭޝަން ޓޫލެކެވެ. ޕްރެޒީ ބޭނުންކުރާ ކުދިންނަށް ބޮޑެތި ފޮޓޯތަކަށް ޓެކްސްޓް ސްލައިޑް  އާއި ވީޑިއޯ ކުލިޕް ލެވޭނެއެވެ. ދަރިވަރު މައިކްރޯ ސޮފްޓް ޕަވަރ ޕޮއިންޓް ބޭނުންކުރާއިރު ޕްރެޒި މެދުވެރިކޮށް، އެއީ ބަލާހިތްވާ، ދިރުމެއްވާ ފަދަ، ގަޔާވާ ފަދަ ގޮތް ހަދާލެވޭނެއެވެ. 

ޑިސްޓެންސް ލާރނިންގ ސޮލިއުޝަން އަދި އޮންލައިން އެޑިއުކޭޝަން، ދުނިޔޭގެ އެކި ހިސާބުތަކުގެ ޓީޗަރުންނާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ވަރަށް ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ. އެގޮތުން ތިރީގައި މި ހިމަނާލަނީ ސްކޮޓްސްޓީންބަރގް (2013) ހާމަކޮށްފައިވާ ވަރަށް ބޭނުންތެރި ގިނަ އެޕްލިކޭޝަންތަކުގެ ތެރެއިން ބައެއް އެޕްލިކޭޝަންތަކެވެ.
·        އެޑޯބް ކަނެކްޓް Adobe connect
·        ކެންވަސް Canvas
·        ކޯސެރާ Coursera
·        އެޑްއެކްސް edX
·        ފޭސްޓައިމް Face Time
·        ސްކޫލޮޖީ Schoology
·        ސްކައިޕް Skype
·        ޔުޑޭސިޓީ Udacity
މި ލިސްޓުގައިވެސް އަޅުގަނޑުމެން މިހާރު ބޭނުންކުރަމުންދާ ބައެއް އެޕްލިކޭޝަންތައް އެބަހުއްޓެވެ. އެގޮތުން ކެންވަސް ފަދަ އެޕްލިކޭޝަނުން މިހާރުވެސް ކޯސްތަކުގައި ކިޔަވަމުންނާއި ކިޔަވއިދެމުން އެބަ ދެއެވެ. ވިމާ އޮންލައިން އެޕްލިކޭޝަން ބޭނުންކޮށްގެން ކުލާސްރޫމްގައި ކިޔަވައިދިނުމަކީ ވަރަށް މުޙިއްމުކަމެއްކަމުގައި އަލުގނޑު ދެކެމެވެ.

ރެފަރެންސް