ލިޔުނީ : މަރިޔަމް ފަޒްނާ
2015 -11 - 18
އޮންލައިންކޮށް
އުގެނުމުގެ / ތައުލީމުގެ ފުރުސަތު ( ހިލޭ ) ލިބިދޭ ބައެއް ސައިޓްތައް
އުނގަންނައި ދިނުމުގައި މުދައްރިސުން
ބޭނުންކުރާ ގޮތްތަކާއި، އުކުޅުތައް އަންނަނީ ޒަމާނާއެއްގޮތައް ބަދަލުވެ
ތަރައްޤީވަމުންނެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގައިވެސް އުގަންނައި
ދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރެވޭވަރު އަންނަނީ އިތުރުވަމުންނެވެ.
އެގޮތުން ކިޔެވުމާއި
ކިޔަވައިދިނުމުގައިވެސް އޮންލައިން ސައިޓްތައް ފާހަގަ ކޮށްލެވޭ ފަދަގިނަ
އަދަދަކަށް ދަނީބޭނުން ކުރެވެމުންނެވެ. އޮންލައިންކޮށް ކިޔެވުމަކީ ކޮންމެ މީހަކަށް
ފަސޭހަކަމާއެކު ކުރެވޭ ކަމެއްކަމުގައި
ނުވިއަސް ، އޮންލައިންކޮށް ކިޔަވާ މީހުންގެ އަދަދާއި ކިޔަވާ ކިޔަވައިދިނުމަށް
ތައްޔާރު ކޮށްފައިވާ ސައިޓްތަކުގެ އަދަދަށް ބަލައިލި ކަމުގައި ވިއަސް
އޮންލައިންކޮށް ކިޔެވުމަށް މީހުންގެ ޝައުގުވެރިކަމާއި ، ބޭނުންވާވަރު އެނގެއެވެ. އޮންލައިންކޮށް
ކިޔަވާމީހުންނަށް އެމީހުން އަމިއްލައަށް ކިޔެވުމުގެ ފުރުސަތު ލިބިގެން ދެއެވެ.
ކުރިއަށްދާނެ ތަފާތު ބައިވަރު ގޮތްތައްވެސް އެނގިގެން ދެއެވެ. އޮންލައިންކޮށް
ކިޔެވުމަށް ބޭނުންކުރާ ތަފާތު ބައިވަރު ސައިޓްތަކެއް ވެއެވެ. އޭގެތެރޭގައި
·
Dave conservatoire ( މިސައިޓުން މިއުޒިކް
ކުޅޭނެ ތަފާތުގޮތް ތަކާއި ، މިއުޒިކް ކުޅޭނެ ގޮތުގެ ވީޑިއޯ ލިބިދެއެވެ. މިސައިޓްގެ
ލިންކަކީ www.daveconservatoire.org/
·
Drawspace ( މިސައިޓުން ކުރެހުމުގައި
ބޭނުންކުރާނެ މޮޅެތި ގޮތްތައް، ކުރަހަން ދަސްކުރާނެ ފިލާވަޅުތައް ދަސްކޮށްދެއެވެ.
މިސައިޓްގެ ލިންކަކީ https://www.drawspace.com/
·
Justin Guitar ( 800 އަށް
ވުރެ ގިނަމީހުންނަށް ގިޓާކުޅޭނެ ގޮތުގެ ފިލާވަޅުތަކާއި ، ގިޓާކުޅޭނެ ގޮތާއި ، އަދި
ފޯނުގެ ބައެއްއެޕްލިކޭޝަންތަކާއި ބައެއްފޮތް ، ޑީވީޑީ ، ފަދަތަކެތި ލިބެއެވެ. މިސައިޓްގެ
ލިންކަކީ www.justinguitar.com/
·
Codecademy ( ސައިންސާ ބެހޭ މައުލޫމާތާއި ،
ބައެއް ކޮންޕިއުޓަރ ޕޮރޮގްރާމް ތަކާއި ، ތަފާތު އުމުރު ފުރައިގެ ކުދިންނަށް
ކޯސްތައް ހިނަގައެވެ. މިސައިޓްގެ ލިންކަކީ
https://www.codecademy.com
·
Stanford Engineering Every where ( މިސައިޓުން
އިންޖިނިއަރިންނަށް ބޭނުންވާނެ ބައެއް ސޮފްޓްވެއާތަކާއި ، ކުލާސްތައް ބޭނުންވާނެ
ތަކެއްޗާއެކު ( ސިލަބަސް، ލެކްޗަރ ވީޑިއޯ ، ހޯމްވޯކް ، ޓެސްޓާއި އަދިވެސް ތަފާތު
ތަކެތި ލިބެއެވެ. މިސައިޓްގެ ލިންކަކީ https://see.stanford.edu/
·
Scratch-Imagine,programe,share ( ކުދިނަށް އުފެއްދުންތެރި ހިޔާލާއި މިއުޒިކް ފަދަތަކެތި
ކިޔަވައިދެއެވެ. މިސައިޓްގެ ލިންކަކީ https://scratch.mit.ed
·
Udemy ( ސިއްޙަތާ ، މިއުޒިކް ،
ސޮފްޓްވެއަރ ، ފޮޓޯ ، ދިރިއުޅުމުގެ ވައްޓަފާޅި ، މިފަދަ ކަންކަމަށް ބޭނުންވާ
މައުލޫތައް ވީޑިއޯ ދައްކައިގެން ކިޔައިދޭ. މިސައިޓުގެ ލިންކަކީ https://www.udemy.com
·
E – learning for kids ( 5 އަހަރާއި
12 އަހަރާއި ދެމެދުގެ ކުދިންނަށް ތަފާތު މާއްދާތަކުގެ ކޯސްތައްހިންގައެވެ.
މިސައިޓްގެ ލިންކަކީ www.e-learningforkids.org
·
Ed2go ( ތަފާތު ކެޓަރީތަކުގެ ބޮޑެތި މީހުންނަށް
ކޯސްތައްހިންގުން މިސައިޓްގެ ލިންކަކީ www.ed2go.com
·
British councils schools online ( މިއީ
އިގިރޭސި ކިޔަވައި ދިނުމަށް ހާއްސަ ސައިޓެކެވެ. މިސައިޓުން އެކިއުމުރު ފުރައުގެ
ކުދިންނަށާއި މީހުންނަށް އިގިރޭސި ކިޔަވައި ދިނުމަށް ތަފާތު ކޯސްތަކާއި ކުލާސްތައް
އޮންލައިންކޮށް ހިންގައެވެ. މިސައިޓްގެ ލިންކަކީ https://schoolsonline.britishcouncil.org
·
Skillshare ( މިސައިޓްގެ މޮޓޯއަކީ “
Lerning different “ އެވެ. މިސައިޓަކީ
އާވައްތަރެއްގެ އޮންނަލިން ކޮށް ކިޔަވައިދޭ ސައިޓެކެވެ. ކޮންމެ މީހަކަށްވެސް
އެއްޗެއް ދަސްކުރުމަށް ސައިންއިން ވެވިދާނެ އެވެ. އަދި ކޮންމެމީހަކަށްވެސް
އެއްޗެއް ކިޔަވައިދިނުމަށް ސައިންއިން ވެވިދާނެއެވެ. މިސައިޓްގެ ލިންކަކީ https://www.skillshare.com/
·
Online Learning Centre ( މިސައިޓުން
އެއާޕޯޓުގެ ކަންތައް ތަކާއި ބެހޭގޮތުން ތަމްރީން ދިނުމާއި ، ކޯސްތައް ހިންގައެވެ.
މިސައިޓްގެ ލިންކަކީ http://www.olc.aero/ މިއީއެވެ.
·
e-learningcenter.com (
މިސައިޓުންވެސް ތަފާތު އެކިއެކި މާއްދާތަކުން ކޯސްތައްހިންގައެވެ. އޭގެ ތެރޭގައި
Live Learing
certifications
Desktop
computing
IT
skills
މިކަހަލަ
ތަފާތު ކޯސްތައް ހިންގައެވެ. މިސައިޓްގެ ލިންކަކީ http://www.e-learningcenter.com/
މިއެވެ.
ރެފަރެންސް
www.ed2go.com
www.daveconservatoire.org
https://www.drawspace.com
www.justinguitar.c
https://www.codecademy.com
· https://see.stanford.edu/
https://www.udemy.com
www.e-learningforkids.org


ރަނގަޅު އަގުހުރި މަޢުލޫމާތުތަކެއް ލިބިއްޖެ
ReplyDeleteވަަރަށް ފުރިހަމަ ބަލާޣާތްތެރި މައުލޫމާތުކޮޅެއް ފޯރުކޮށްދީފައިވާ ކަން ފާހަގަ ކުރަން
ReplyDeleteދީފައިވާ ލިންކްތައް ވަރަށް ރަނގަޅެވެ.
ReplyDeleteماشاءالله!.. ވަރަށް މަޢުލޫމާތު މުއްސަނދި ލިޔުން ކޮޅެއް..
ReplyDeleteމައުލޫމާތު ރަގަޅު، ނަމަވެސް ކޮންމެވެސްވަރަކަށް ފޮޓޯ އާއި ލިންކް ތަކަށް ލަންބުވާލާފަދަ ގޮތަކައް އަތުރާލެވިފާވާނަމަ މިހާރަށް ވުރެވެސް ފުރިހަމަ ވާނެ ކަމަށް ގަބޫލު ކުރެވެ އެވެ
ReplyDeleteމަޢުލާމާތު ފުރިހަމަ ލިޔުމެކެވެ. ނަމަވެސް ލިޔުން އަތުރާފައިވާގޮތް އެހާ ބަލާލަން ފަސޭހައެއް ނޫނެވެ.
ReplyDeleteމަޢުލޫމަތު ފުރިހަމަ ލިޔުމެކެވެ. ނަވެސް އަތުރާފައިވާ ލެއް އެހާރަގަޅެއް ނޫނެވެ.
ReplyDeleteމައުލޫމާތު ރަނގަޅު. އިނގިރޭސިބައިގެ ބުލަޓް ޕޮއިންޓްތައް ވެސް ރަނގަޅުކޮށްލަން ފެނޭ.
ReplyDelete