ލިޔުނީ : އާއިޝަތު ޞަބީނާ
ތާރީޚް: 17 ނޮވެމްބަރ 2015
އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ތަރަށްޤީވަމުން އައިސްފައިވާ ގޮތުގެ ތާރީޚް
ޓެކްނޮލޮޖީގެ އާއީޖާދުތަކުން އިންސާނުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި
ލިބެމުންދާ ކާމިޔާބީތަކާއި ފަސޭހަތަކަކީ މިމުޖަތަމަޢު ތަޖުރިބާ ކުރަމުންދާ
ކަންތަކެކެވެ. މިކުރިއެރުމާއި ޓެކްނޮލޮޖީގެ އަސަރު އަހަރެމެންގެ މުޖްތަމައުން ގެ ތަޢުލީމަށް
ކުރެއެވެ. އެގޮތުން ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ވަސީލަތްތަކަށްވެސް ވަރަށް
ގިނަގުނަ ބަދަލްތަކަކާއި ކުރިއެރުންތަކެއްވަނީ އައިސްފައެވެ. ޒަމާނާއިއެކުވެގެން އުނގަންނައިދިނުމާއި
އެއާއި ގުޅޭކަންކަމުގައި ކިޔަވައިދިނުމަށް ބޭނުންކުރެވޭ ވަޞީލަތްތައް
ދުވަހުންދުވަހަށް ބަދަލްތަކާއި ކުރިއެރުމާއި ތަރައްޤީ އަންނަކަމީ މިމުޖްތަމަޢުގައި
ދިރިއުޅޭ އެންމެންވެސް ޤަބޫލުކުރާ ޙަޤީގަތެކެވެ. އެގޮތުން ޤަދީމީޒަމާނުގައި
ބޭނުންކުރެވޭ ވަޞީލަތައް އެހާބޮޑު މުހިއްމުކަމެއްދެވިފައެއްނެތެވެ. އޭގެ
ބަދަލުގައި ދަރިވަރުންނަށް އަދަބުދިނުންފަދަ ކަންކަން އޭރު
މާމުހިއްމުކަމެއްކަމުގައިވިއެވެ. ޤަދިމީޒަމާނުގައި ކިޔަވަދިނުމުގައި ވޮށިފިލާ،
" މެޖިކަލް ލެންޓަރން " ބޭނުންކުރިއިރު މިހާރު އޭގެ ބަދަލުގައި "
އައިޕެޑް " ، ކޮމްޕިއުޓަރ ލެޕްޓޮޕް ތަފާތުވައްތަރުގެ ވިޝުއަލް ވަޞީލަތަކަށް މިވަނީ ބަދަލު ވެފައެވެ. މިހާރުގެ
ކިޔެވަވުމާއި ކިޔަވައިދިނުމުގެ މައިގަނޑު ވަޞީލަތަކީ ކޮމްޕިއުޓަރާއި އިންޓަރނެޓްއެވެ.
އެހެންކަމުން އަޅުގަނޑު ދެންބަލައިލާނީ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ
ތަރައްޤީވަމުންއައިސްފައިވާ ގޮތުގެ ތާރީޚްއަށެވެ.
އެބަކަސް
އެބަކަސްއަކީ ކޮންޕިއުޓަރ ވުޖޫދަށް އައުމަށް މެދުވެރިވިއެއް ސަބަބެވެ.
އެއުފެދިފައިވަނީ އީސާގެފާނުގެ 3000 އަހަރުކުރީގައެވެ. މިއީހިސާބުހެދުމަށް އެންމެ
ފުރަތަމަ ބޭނުންކުރެވިފައިވާ ޑިވައިސްއެވެ. އެބަކަސްއަށް ލިބިގެންގޮސްފައިވާ
އަނެއް ކުރިއެރުމަކީ ޢީސާގެފާނުގެ 400 އަހަރުގެ ކުރިން އުފެދުނު ސަލާމިސް
ޓެބްލެޓްއެވެ. މިޓެބްލެޓަކީ އެއްޗެތި ގުނަކުރުމަށް ބޭނުންކުރެވޭ ކައުންޓިންގ
ބޯޑެކެވެ. ޢީސާގެފާނުގެ 200 އަހަރުފަހުން ޗައިނާގެ ސައުންފޭން އަދި ޖަޕާނުގެ
ސޮރޮބަންވަނީ ކޮމްޕިއުޓަރ ޓުރޭ ތަޢާރަފް ކޮށްފައެވެ. ( Han Liu, Ph.D. )
އެބަކަސް
ލިއަނާޑޯ ޑަރވިންސިން ގެ ކަލްކިއުލޭޓަރ
ޢީސާގެފާނުގެ 1452 އަހަރު ފަހުން ލިއަނާޑޯ
ހިސާބުކުރުމުގެ އާލާތެއް ( ޑިވައިސް ) އުފެއްދިއެވެ.
ގަޓިންބަރގުގެ ޕުރިންންޓިންގ
ޕްރެސް
ޖަރުމަނުގެ ރައްޔިތެއް ކަމުގައިވާ ޖޯނެސް
ގަޓެންބަރގު ފުރަތަމަ ފަހަރަށް ޕުރިންޓިންގު ޕުރެސް އުފެއްދިއެވެ. އެގޮތުން 1452
ކުން 1456 ވަނަ އަހަރުގެ ތެރޭގައި އެންމެފުރަތަމަޗާޕް ކުރެވުނުފޮތް
ޗާޕްކުރެވިފައިވެއެވެ.
ގަޓިންބަރގު ޕުރިންޓިން ޕުރެސް
ސްލައިޑް ރޫލް
1654 ވަނަ އަހަރު ޖަރުމަނުގެ ރޮބަރޓް ބިސާކާ " ސްލައިޑް ރޫލް "
ނަމަކަށް ކިޔުނުއާލާތެއް އުފެއްދިއެވެ.
އިންޖިއަނަރުންނާއި ސައިންޓިސްޓުން 1970 ވަނަ އަހަރާއި ހަމައަށް ދިޔައީ މިއާލާތް
ބޭނުންކުރަމުންނެވެ.
ސުލައިޑް ރޫލް
މެޖިން ކެޓޭޕްރިކާ ( މެޖިކް ލެންޓަރން )
މެޖިން ކެޓޭޕްރިކާ އުފެދިފައިވަނީ 1946 ވަނަ އަހަރު އެވެ. މިއާލާތަކީ
ސްލައިޑް ޝޯފަދަ އެއްޗެތި ދެއްކުމަށް ބޭނުންކުރެވޭ ލެންޓަރން އެކެވެ. މިއީ
ޒުވާނުންނާއި މުސްކުޅިން ، ސްކޫލްތަކާއި ، ސިނަމާތަކުގައްޔާއި އަދި ގެތަކުގައި
ފަހުގެ ހަރަކާތްތަކާއި ވާހަކަތަކާއި، ޑްރާމާތައް ބެލުމަށް ބޭނުންކުރެވޭ
އެއްޗެކެވެ. މެޖިކްލެނޓަރންއިން ސްލައިޑް ތައް ދެއްކުމުގައި ހަރަކާތްތެރިވާންތިބޭ
ޕްރޮޖެކްޝަނަލިސްޓުން ސްކުރީންގައި ވާ ފޮޓޯތައް ފަހަރަކު ފޮޓޯއެއް އަވަސް އަވަހަށް
ބަދަލު ކުރަމުން ހަރަކާތް ކުރާތަން ދައްކުވައިދެއެވެ. މިގޮތުން ބޭނުންކުރެވޭ
ފޮޓޯތަކަކީ ކުރަހައިފައިވާ ކުރެހުންތަކާއި ، ފޮޓޯގުރަފިކް ގްލާސް ތަކެވެ. މިއީ
ކުދިގުރޫޕް ތަކާއި މަދު މީސްކޮޅު އުޅޭތަންތަނުގައި ދައްކާ އެއްޗެކެވެ. (
Han Liu, Ph.D. )
މެޖިކް ލެންޓަރން
ބެންޖަމިސް ފަރޭންކްލީން
ޖޫން 1752 ވަނަ އަހަރު ވަރަށް ތޫފާނީ ދުވަހެއްގައި
ގުޑިއެރުވުމުގެ ތެރޭގައި ބެންޖަމިންއަށް ކަރަންޓްގެ އިހްސާސް ކުރެވުނެވެ. މިހޯދުން
ވެގެންގޮސްފައި ވަނީ މިޒަމާނުގެ މުޖްތަމައު އެއަށް ބަރޯސާ ވެފައިވާ ކޮމްޕިއުޓަރު ކަރަންޓް ފޯރުވައިދޭ
މައިގަނޑު ވަސީލަތަށެވެ.( Han Liu, Ph.D. )
ބަބެޑްޖް
1822 ވަނަ އަހަރު ޗާލްސް ބަބެޑްޖް ވަނީ ކަލްކިއުލޭޓްކުރެވޭ
އިންޖީންއެއް އުއްދާފައެވެ. އެގޮތުން ކުރި މަސައްކަތުން ކޮމްޕިއުޓަރެއްގައި
އެކުލެވިގެންހުންނަންޖެހޭ ބައިތައްވެސް ފުރަތަމަ ހޯދިފައިވަނީ ވެސް
ބަބެޑްޖްއަށެވެ. އެބައިތަކަކީ:
·
އިންޕުޓް ޑިވައިސް ( ކާޑްރީޑަރ )
·
މެމޮރީ ( ސްޓޯރ )
·
ސެންޓުރަލް ޕުރޮސަސިންޔުނިޓް ( ސީ ، ޕީ ،
ޔޫ )
·
އައުޓްޕުޓް ޑިވައިސް ( ޕުރިންޓަރު )
ޓެލެފޯން
1876 ވަނަ އަހަރުގައި އެލެގްޒެންޑްރަ ގްރެހެން ބެލް ވަނީ
ކަރަންޓުގެ އެހީގައި ވާހަކަދެއްކޭ މެޝިނެއް އިޖާދުކޮށްފައެވެ. މިހާރުގެ ބަހުންނަމަ މިއީ ފޯނެވެ.
މިފޯނަށް ނަންދެވިފައިވަނީ ބެލް ޓެލެފޯނުގެ ނަމުންނެވެ.
ބެލް ޓެލެފޯން
ތޯމަސް އެޑިސަންގެ އުފެއްދުން
1800 ގެފަހުކޮޅުގައި ފުރަތަލަ ފަހަރަށް ކަރަންޓުގެ އެހީގައި
ދިއްލޭބޮކި އުފެއްދިގެންދިޔައެވެ. އަދި ހަމައެހެންމެ ކީނެކޯސްކޯޕް އަދި ޑިސްކުފޮނޯގްރާފްވެސް
އުފެއް ދުނެވެ. ( Han Liu, Ph.D. )
ވަޔަރލެސް ކޮމިއުނިކޭޝަން
1895 ވަނަ އަހަރު ގްރިއެލްމޯ މާކޮނީ ވަނީ ޓުރާންސްމީޓަރަކާއި،
އެންޓަނާއަކާއި ދެމެދުގައިވާ އިލެކްޓުރޯ މެގްނެޓިކްވޭވް ހޯދުމުގައި
ކާމިޔާބީހޯއްދަވާފައެވެ.
އެޑިއުކޭޝަނަލް ފިލްމު
އެންމެފުރަތަމަ އެޑިއުކޭޝަނަލް ފިލްމު އުފެއްދުމުގެ މަސައްކަތް
ކޮއްފައިވާ ތަންތަނަކީ ނިއުސްރީލް، ޓުރެވަލޮގް، އަދި ސައިންޓިފިކް މޯޝަންއެވެ.
މިގޮތުން ކުރެވެމުންދިޔަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ
އެޑިއުކޭޝަނަލް ފިލްމު އުފެއްދީ 1902 ވަނަ އަހަރު ޗާރލެސް އާރބަންއެވެ.
މިފިލްމުގައި ދައްކުވައިދެނީ ގަސް ހެދިބޮޑުވުމުގެ މަރުޙަލާތަކާއި، ކޮކާލުގެ
ހެދިބޮޑުވުމުގެ މަރުޙަލާއާއި، މޫދުއަޑީދެ މަންޒަރުތަކެކެވެ. އާރބަންގެ
މިމަސައްކަތަކީ ވަރަށް އަގުހުރި ފައިދާ ހުރި މަސައްކަތެކެވެ. މިމަސައްކަތް
އިތުރަށް ފުޅާވެގޮސް ކުލާސްރޫމްގައި ކިޔަވައިދިނުމުގައި ބޭނުންކުރާ ފިލްމު
އުފައްދާފައިވަނީ ތޯމަސް އެޑިސަންއެވެ. ( Han Liu, Ph.D. )
އެޑިއުކޭޝަނަލް ރޭޑިއޯ
އެންމެފުރަތަމަ އެޑިއުކޭޝަނަލް ރޭޑިޔޯއެއް އުފެއްދީ ޔުނިވަރސިޓީ
އޮފް ވިސްކޯސިންގައެވެ. މިފަދަ ރޭޑިއޯއެއް އުފެނދުން ވެގެންދިޔައީ ތަޢުލީމީ
ދާއިރާއަށް ލިބުނު ކުރިއެރުމަކަށެވެ.
ޓީވީ
ޓީވީ އުފެއްދިތާރީޚް ކަނަޑައެޅިގެން ބުނެދެވެންނެތް
ކަމުގައިވިޔަސް އެންމެ ފުރަތަމަ އާންމުންނަށް ޓީވީދައްކާލުން އޮތީ 1927 ވަނަ
އަހަރުއެވެ.
ސްޕަޓްނިކް
ސްޕޮޓްނިކް އަކީ އާޓިފިޝަލް ސެޓަލައިޓެކެވެ. 4 އޮކްޓޯބަރ 1957
ވަނަ އަހަރު ވަނީ " ސްޕޮޓްނިކް 1 " ވުޖޫދަށްނެރެ މިކަން
ކާމިޔާބުކޮށްފައެވެ. މިސެޓަލައިޓްގެ ބޮޑުމިނަކީ ބާސްކެޓްބޯޅައެއްގެ މިންވަރެވެ.
މައުސް
އެންމެފުރަތަކމަ މައުސް އުފައްދާފައިވަނީ 1963ވަނަ އަހަރުއެވެ.
ކޮމްޕިއުޓަރ
މިނީކޮމްޕިއުޓަރާއި ބޭސިކް (
BASIC ) އުފެއްދީ 1964 ވަނަ އަހަރުއެވެ. އޭގެ
އެތަކެއްދުވަހެއްގެފަހުން 1975 ވަނައަހަރު ބާޒާރަށް ޕަރސަނަލް ކޮމްޕިއުޓަރ
ނެރެވުނެވެ. ( PC ) މިއީއެދުވަސްވަރުގެ ބާޒާރުގައި އެންމެ
ވަރުގަދައަށް ވިކެމުންދިޔަ އެއްޗަށް ވެގެންގޮސްފައިވެއެވެ. ( Han Liu, Ph.D. )
އިންޓަރނެޓް
ފުރަތަމަ އިންޓަރނެޓްގެ ބޭނުން ކުރެވެންފެށުނީ 1973 ވަނަ އަހަރު
އެމެރިކާގައެވެ. އިންޓަރނެޓްގެ ވަސީލަތަކީ މިއަދާހަމައަށް ކިޔަވައިދިނުމުގައި
އެއާއިނުލައި ކިޔެވުންފުރިހަމަނުވާ އެއްޗަކަށް ވަނީވެފައެވެ.
1990ގެ އަހަރުތަކުގައި
ވިންޑޯސް ( Windows )3.01 އާއި ނެޓްވޯކް ސިސްޓަމް އުފައްދާފައިވަނީ 1990 ވަނައަހަރުއެވެ. އަދި 1991 ވަނަ
އަހަރު GOPHER އަދި World Wide Web ( WWW ) ނެރުނެވެ. އަދި
1995ވަނަ އަހަރު Windows 95 ތަޢާރަފްކުރެވުނެވެ.
ލިންކު
ރިފަރެންސް
https://www.youtube.com/watch?v=UFwWWsz_X9s











