ޙަސަން ޒަރީރު ޢަބުދުއް ރަޙްމާން .
ފެށުން
މި ރިޕޯޓަކީ ޒަމާނީ ސްކޫލްތަށް ނުވަތަ ކްލާސްރޫމް
ޓެކްނޮލޮޖީ އާއި ގުޅޭގޮތުން މައުލޫމާތު ހޯދައި
ޒަމާނީ ސްކޫލްތަކުގެ ގޮތުގައި ކަނޑައަޅާނެ އުޞޫލްތަކާއި ދިވެހި ރާއްޖޭގައި ޒަމާނީ
ސްކޫލްތައް ޤާއިމް ކުރެވިފައިވާ ގޮތްތަކުގެ އިތުރުން މިހާރު ޢާއްމުގޮތެއްގައި
ހިންގޭ ހަރަކާތްތަކަށް އަލިއަޅުވާލައި ތައްޔާރު ކުރެވިފައިވާ ރިޕޯޓެކެވެ. މި
ރިޕޯޓްގައި މައިގަނޑު ގޮތެއްގައި ބަލާލެވިފައިވަނީ ޒަމާނީ ސްކޫލްތަކުގެ ގޮތުގައި
މިހާރު ބޭނުން ކުރެވެމުންދާ ކަންކަމަށާއި ކުރިއަށް އޮތްތާނުގައި ޒަމާނީ
ސްކޫލްތަކުގެ ގޮތުގައި ހިންގޭ ކްލާސްތައް ހިންގުމުގައި ބޭނުންކުރެވިދާނޭ ބައެއް
ކަންކަމެވެ.
ޒަމާނީ ސްކޫލް / ކްލާސްރޫމް ޓެކްނޮލޮޖީ
ޒަމާނީ ސްކޫލް އޭ ބުނުމުން ވަރަށް ގިނަ
ފަރާތްތަކަށް ސުވާލުއުފެދެއެވެ. ކުރީގައި ކިޔަވައިދެވޭ ގޮތާއި މިހާރު ކިޔަވައިދޭ
ގޮތުގެ ތަފާތު އޮޅުން ފިލުވުމަށް ބޭނުންވެއެވެ. ޒަމާނީ ސްކޫލްގައި ކުދިންނަށް
ލިބެންހުންނަނީ ކޮންކަހަލަ ފަސޭހައެއްކަން ނުވަތަ ކިޔެވުމުގައި ލިބޭ އެހީތެރިކަން
ދެނެގަތުމަށް ވަރަށްގިނަ ފަރާތްތަކުން ބޭނުންވެއެވެ. މި ލިޔުންކޮޅު ޚާއްޞަ
ކޮއްލަނީ މިދެންނެވި ޒަމާނީ ކްލާސްރޫމްގެ ކަންކަން ކުރިޔަށް ގެންދާގޮތްތަކަށެވެ. (ނަން ނޭނގޭ)
ޒަމާނީ ސްކޫލްގެ ސިފަތަށް
ޒަމާނީ ސްކޫލްތައް ނުވަތަ ކްލާސްރޫމް ޓެކްނޮލޮޖީ
ބޭނުންކޮށްގެން ހިންގާ ސްކޫލްތަކުގައި ވަރަށް ގިނަ ތަފާތު ކަންކަން
ހިމެނިފައިވެއެވެ. މިގޮތުން މިޒަމާނުގެ ކިޔެވުމުގައި ކުރިން ބޭނުންކުރި ބްލެކް
ބޯޑާއި ޗޯކުގެ ބަދަލުގައި ސްމާޓް ބޯޑް ނުވަތަ މިނިއޯގެ ޒަރިއްޔާއިން ކިޔަވައިދިނުން
ހިމެނެއެވެ. މީގެ އިތުރުން ވަރޗުއަލް ކްލާސްރޫމްގެ ގޮތުގައި ކިޔަވައިދިނުންވެސް
ހިމެނިގެންދަނީ ޒަމާނީ ކްލާސްރޫމްތަކުގެ ގޮތުގައެވެ. މި ގޮތްތަކަށް
ކިޔަވައިދިނުމުން ކުދިންނަށް ކިޔެވުމުގައި ކުރިން ދިމާވަމުން އަންނަ ގިނަ
މައްސަލަތަށް ހައްލުވެއެވެ. މިގޮތުން މައިގަނޑު ގޮތެއްގައި ފާހަގަ ކުރެވިފައިވަނީ
ޗޯކް ފަދަ ތަކެތި ބޭނުން ކުރުމުން ކުދިންނަށް ދިމާވާ ޞިއްޙީ އެކިއެކި
މައްސަލަތަކުން ސަލާމަތްވެ، އެކުދިންގެ ކިޔެވުން މިހާރަށްވުރެ ފަސޭހަވެގެން
ދިއުމެވެ. މީގެ އިތުރުން ކްލާސްރޫމް ޓެކްނޮލޮޖީގެ އަލީގައި ބައެއް މާއްދާތައް
އުނގަންނައި ދިނުމުގައި ވީޑިއޯ ފަދަ ތަކެތި ބޭނުންކުރުމުގެ ސަބަބުން
އާއްމުގޮތެއްގައި ކުދިންނަށް ކްލާހެއްގައި ކިޔެވޭ ކަންކަމަށްވުރެ ތަފާތު ގިނަ
ކަންކަން ދަސްވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވިފައެވެ.
ދިވެހި ރާއްޖޭގެ ޒަމާނީ ސްކޫލް ކޮންސެޕްޓް
ދިވެހިރާއްޖޭގައި ޒަމާނީ ސްކޫލްތައް
ގާއިމްކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެކިއެކި ސްކޫލްތައް
ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރިއަށް ގެންދެއެވެ. މިގޮތުން އެކިއެކި
ފަރާތްތަކުން ލިބޭ އެހީ ހޯދައިގެން ޕްރޮޖެކްޓަރ ހަރުކުރުމުގެ އިތުރުން ބައެއް
ޒަމާނީ ވަޞީލަތްތައް ދިވެހި ރާއްޖޭގެ ގިނަ ސްކޫލްތަކުގައި ވަނީ ބޭނުން ކުރަން
ފަށާފައެވެ.
ސްމާރޓް ސްކޫލް
ސްމާރޓް ސްކޫލެއްކަމަށް ކަނޑައަޅާފައިވަނީ
ޓެކްނޮލޮޖީގެ އާލާތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ދުރުރާސްތާގެ
ތައުލީމާއި ކިޔަވައި ދިނުމުގެ އެކިއެކި ފަންނުތަކާއި ހުނަރުތައް ބޭނުންކޮށްގެން
މިފަދަ ބައެއް ކަންކަން ލިބިފައިނުވާ ސަރަހައްދުތަކަށް ފޯރުކޮށްދިނުމަށެވެ.
މިގޮތަށް ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭއިރު، ކިޔަވައިދިނުމުގެ
ފެންވަރު ދަށްނުވާނޭ ފަދައިން މައުލޫމާތު ޙިއްސާކުރުމާއި މިފަދަ ކިޔަވައި ދިނުމުގެ
ހުނަރުތައް ލިބިފައިވާ ފަރާތްތައް ބޭނުން ކުރެވިގެން ކިޔަވައިދިނުން ހިމެނެއެވެ.
މިކަމަށްޓަކައި ދިވެހި ރާއްޖޭގެ ޤައުމީ މަންހަޖުގައި މިފަދަ ކަންކަން ހިމަނައިގެން
ޓީޗަރުންނަކީވެސް މިކަންކަމަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމަށް މިނިސްޓްރީ
އޮފް އެޑިއުކޭޝަނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކުރިއަޔަށް
ގެންދަވައެވެ. (މުލޮޓް, 2013)
މަލްޓިމީޑިޔާ ބޭނުންކުރުން
މަލްޓިމީޑިއާ ބޭނުންކޮށްގެން ކިޔަވައި ދިނުމަކީ
ކިޔަވައިދިނުގެ ކަންކަން ކުރިއަށްވުރެ އެއްހަރުފަތް ކުރިޔަށް ޖައްސައި
އެކުދިންނަށް ދޭންޖެހޭ މައުލޫމާތު ހަމައެކަނި ޓީޗަރ ކިޔައިދިނުން ނުވަތަ
ބޯޑެއްގައި ލިޔުމުގެ ބަދަލުގައި ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން އުނގަންނައި
ދިނުމެވެ. މިގޮތުން ޗާޓުފަދަ ތަކެތި ބޭނުން ކުރުމާއި އިންޓަރނެޓްގެ ވަޞީލަތްތައް
ބޭނުން ކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނެއެވެ. މިގޮތަށް ކިޔަވައިދިނުމުގެ
ސަބަބުން ދަރިވަރުން އެންމެ ހިއްސެއް ބޭނުން ކުރުމުގެ ބަދަލުގައި ހުރިހާ
ހިއްސެއްވެސް ބޭނުންކުރުމާއި އެކު ކުދިންނަށް ކިޔަވައި ދިނުމުގައި އެކުދިންގެ
ޝައުގުވެރިކަން އިތުރުކުރެވިގެން ދެއެވެ. މިގޮތަށް ބޭނުންކުރެވޭ ވަޞީލަތްތަކުގެ
ސަބަބުން އެގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން
އުނގެނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތްތައް ހަމަޖެއްސުމެވެ. (ބޮސްޓަން ޔުނިވަރސިޓީ)
ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމަކީ ހައްލެއް
ކިޔަވައި ދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމަކީ އެކަމުގައި ވަރަށް ގިނަ
ފަންނީ މައުލޫމާތު ހޯދައިގެން މެނުމީ ކުރެވޭ ކަމެއް ނޫނެވެ. މިކަމަށް މުދައްރިސުން
އަހުލުވެރި ކުރުމަށްޓަކައި އެކިއެކި ޓްރެއިނިނގް ޕްރޮގްރާމްތައް ހިންގަން
ޖެހެއެވެ. މިގޮތަށް މިކަން ކުރެވުނު ނަމަވެސް ދެނެގަންނަންޖެހޭ އެއް ކަމަކީ
ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑިޖިޓަލްކޮށް ކިޔަވައި ދިނުމުގައި ވެސްސައިޓް ނުވަތަ
ސޯޝަލް މީޑިއާ ފަދަ ތަކެތި ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ވަރަށްވެސް ގިނަ
ގޮންޖެހުންތަކެއް ހުރިކަމާއި މިފަދަ ގޮންޖެހުނަތަކުން ސަލާމަތް ވުމަށްޓަކައި
ޓީޗަރުންނާއި ކިޔަވައި ދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކިއެކި ފަރާތްތަކުން
ސަމާލުވާންޖެހެއެވެ.
އެމެރިކާގައި ހިންގުނު ސާރވޭއެއްގެ ނަތީޖާތައް
ދައްކާގޮތުން އެ ސަރވޭގައި ބައިވެރިވި 90 ޕަސެންޓަށްވުރެ ގިނަ ފަރާތުން
ބަޔާންކޮށްފައިވަނީ މިގޮތަށް ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ކިޔަވައި
ދިނުމަށް ވަރަށްބޮޑު ފަސޭހަކަށް ވެފައިވާ ކަމަށެވެ. ކަން މިހެން ހުރި ނަމަވެސް އެ
ސަރވޭގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 75 ޕަސެންޓް ފަރާތުން
ބަޔާންކޮށްފައިވަނީ ޑިޖިޓަލް ތަކެތި (މަލްޓި މީޑިއާ / ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތި ބޭނުންކުރުން)
ސިފަކޮށްފައިވަނީ އިތުރު ދަތިތައް ކުރިމަތި ކުރުވާ، ކުދިންގެ ކިޔެވުމުގައި
ބައެއްކަހަލަ ހުރަސްތައް ކުރިމަތި ކުރުވާ ކަންކަމަށެވެ. އެހެންކަމުން ޓެކްނޮލޮޖީގެ
ޒަރިއްޔާއިން ކިޔަވައި ދިނުމުގައި ޓީޗަރުން އިތުރަށް ސަމާލުވެ ބޭނުންކުރެވޭ
އާލާތްތަކަށް އަހުލުވެރިވެފައިވުން މުހިއްމުކަމަށް މިދެންނެވި ރިސަރޗްގައި
ހިމަނާފައިވެއެވެ.
ސްކޫލްތަކުގައި ޓެކްނޮލޮޖީ ބޭނުންކުރުމުގެ މުހިއްމުކަން
މިޒަމާނުގައި ސްކޫލްތަކުގައި ޓެކްނޮލޮޖީގެ ބޭނުން
ހިފުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. ޒަމާނީ ތައުލީމީ މާހައުލުގައި ކޮމްޕިއުޓަރ
ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސަބަބުން ޓީޗަރުންނާއި ކުދިންނަށް، އެކުދިންގެ ކޮންމެ
ދުވަހެއްގެ ކިޔެވުމާއި އެހެނިހެން ކަންކަމަށް ވަރަށް ގިނަ އެހީތަކެއް
ލިބިގެންދާކަމަށް ބެލެވެއެވެ. މިގޮތޮން ކޮމްޕިއުޓަރ ޓެކްނޮލޮޖީގެ ސަބަބުން
ކުދިންނާއި މުދައްރިސުން އަދި މުޅި ސްކޫލްގެ މާހައުލަށް އަންނަ ބަދަލުތަކާއި ލިބޭ
އެހީތެރިކަން ބަލައިލުމަކީ މުހިއްމު ކަމެއްކަމުގައި ބެލެވެއެވެ. (މިނިސްޓްރީ އޮފް އެޑިއުކޭޝަން, 2014)
ކުދިންނަށް ލިބޭ އެހީ
ކޮމްޕިއުޓަރ ޓެކްނޮލޮޖީ ބޭނުންކުރުމުން
މައުލޫމާތާއި އެހެނިހެން މުހިއްމު ވަޞީލަތްތައް ބޭނުންކުރުމަށް ދަރިވަރުންނަށް
ފަސޭހަވެގެންދެއެވެ. މިގޮތުން އިންޓަރނެޓްގެ ވަޞީލަތް ތައާރަފް ކުރެވުމާއިއެކު
ކުދިންނަށް ލިބގެންދިޔަ ފުރުޞަތުތަކުގެ ތެރެއިން އެކިއެކި ފަރާތްތަކުން ކޮށްފައިވާ
ރިސަރޗްތަކާއި ކިވަޔާ މާއްދާތަކާއި ގުޅުންހުރި އެހެނިހެން ކަންކަން ދަސްކުރުމަށް
ފުރުޞަތު ލިބިގެން ދެއެވެ. މީގެ އިތުރުން ފޮތްތައް ގަތުމުގެ ބަދަލުގައި
އިންޓަރނެޓްގެ ޒަރިއްޔާއިން ލިބެން ހުންނަ ފޮތްތަކުގެ ބޭނުން ހިފުމުގެ ފުރުޞަތު
ލިބިފައި ވުމުގެ ސަބަބުން ވަރަށް ގިނަ ކުދިންނަށް އެކުދިން ބޭނުންވާ ފޮތްތަކުގެ
ތެރެއިން ޤައުމުން ނުވަތަ ރަށުން ލިބެން ނުހުންނަ ފޮތްތައް ހޯދުމަށާއި ކިޔަވަން
ބޭނުންވާ މައުލޫމާތު ލިބެއެވެ. މިގޮތުން ސެކަންޑަރީ އެޑިއުކޭޝަންގައި އެކުދިން
ކިޔަވާނެ ދާއިރާއެއް ކަނޑައެޅުމަށާއި ދުނިޔޭގެ އެހެން ޤައުމުތަކުގައި ކިޔަވާ ކުދިންނާއި
ބައްދަލުވެ އެކުދިންގެ މަޢުލޫމާތު މުއްސަނދި ކުރުމަށް ފުރުޞަތު ލިބިގެންދެއެވެ.
މިގޮތަށް ކަންކަން ކުރާއިރު ޓީޗަރުންގެ އިރުޝާދު ލިބި، އެކުދިން ކިޔަވަންޖެހޭ
ބައެއް ފޮތްތައް ޓީޗަރުންގެ ފަރާތުން އެކުދިންނަށް ލިބޭނަމަ، އެކުދިންނަށް
އުނގެނުމުގައި އިތުރު ލުއިކަމާއި ފަސޭހަތަށް ލިބިގެންދާކަމަށް ކުރެވިފައިވާ
އެކިއެކި ދިރާސާތަކުން ފެންނަން ހުރެއެވެ. (އެޑިއުކޭޝަން އޮންލައިން, 2015)
ޓީޗަރުންނަށް ކުރާ އަސަރު
ކިޔައިދިނުމަށްޓަކައި ބޭނުންކުރާނެ ވަޞީލަތްތައް
ހޯދުމަށާއި ކިޔަވައިދޭނެ ލެސަން ޕްލޭން ތައްޔާރު ކުރުމާއިއެކު މުދައްރިސުން
ބޭނުންވާ މާޙައުލު ކުލާހުގެ ތެރޭގައި ގާއިމް ކުރުމަށް ކޮމްޕިއުޓަރ ޓެކްނޮލޮޖީ
ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދެއެވެ. މިގޮތުން ކޮމްޕިއުޓަރ ނުވަތަ ސްމާޓް
ބޯޑް ބޭނުންކުރުމުގެ ސަބަބުން ޓީޗަރުންނަށް ކުރިން ތަފްޞީލްކޮށްދެވިފައި ނުވާ
ވަރަށްވެސް ގިނަ ކަންކަން މި ވަޞީލަތްތައް ބޭނުންކޮށްގެން ކިޔަވައިދެވެއެވެ.
މީގެ އިތުރުން ބޭނުންކުރާ އެކިއެކި ރިސޯސަސްތައް
ގެއްލިގެން ދިއުން ހުއްޓުވުމާއި ކުދިންނާއި މުޢާމަލާތް ކުރުމުގައި ކޮމްޕިއުޓަރ
ޓެކްނޮލޮޖީގެ ޒަރިއްޔާއިން ޓިޗަރުންނަށް ލިބިގެންދެއެވެ. ކުދިންނާއި ޙަވާލުކުރެވޭ
މަސައްކަތްތައް ލިޔުމުން ހޯދުމުގެ ބަދަލުގައި އެތަކެތީގެ ސޮފްޓްކޮޕީއިން
ހުށަހަޅާގޮތަށް ހަމަޖައްސާފައިވުމުގެ ސަބަބުން ބައެއް ހާލަތްތަކުގައި ކުދިންގެ
މަސައްކަތް ޗެކްކުރުމަށް ޓީޗަރުންނަށް ބޮޑު ފަސޭއަކަށް ވެގެންވެސްދެއެވެ.
ކްލާސްރޫމްތަކުގައި ބޭނުންކުރެވޭ ޓެކްނޮލޮޖީގެ
ވަޞީލަތްތަކަށް ބަލާލެވޭއިރު، ކޮމްޕިއުޓަރ ޓެކްނޮލޮޖީގެ އިތުރުން މީޑިއާ
ޓެކްނޮލޮޖީ ބޭނުންކުރަމުންދެއެވެ.
މީޑިއާ ޓެކްނޮލޮޖީގެ ގޮތުގައި ބައެއް
ސްކޫލްތަކުގައި ޑީވީޑީ ނުވަތަ ޑިޖިޓަލް ޓެލެވިޝަން ޓެކްނޮލޮޖީ ބޭނުންކުރުމާއި
މިނޫންވެސް ތަފާތު ގިނަ ވައްތަރުތަކުގެ ޓެކްނޮލޮޖީ ބޭނުންކުރެއެވެ. މިގޮތުން
ޑިޖިޓަލް ޓެކްނޮލޮޖީގެ ވަޞީލަތް ބޭނުންކުރުމުގެ ސަބަބުން، ކުދިންގެ އާއްމު
މާހައުލުގައިވެސް (ގޭތެރޭގައި) ޓީވީ ބެލުމަށްވެސް ކްލާހުގައި ޓީޗަރ ކިޔައިދޭ
ޗެނަލްތަކަށް އިސްކަންދިނުމުގެ ސަބަބުން އެކުދިންގެ އުމުރާއި ނުގުޅޭ ނުވަތަ
މާހައުލާއި ނުގުޅޭ ކަންކަމަށް ދިއުމުގެ ބަދަލުގައި ގޭތެރޭގައި ކުދިން
ހޭދަކުރާއިރުވެސް ކިޔެވުމަށް ނުވަތަ ކިޔަވައިދެވޭ ކަންކަމަށް ސަމާލުކަން ދެމުން
ގެންދެވޭކަން ފާހަގަ ކުރެވުނެވެ.
ނިންމުން
ޒަމާނީ ސްކޫލްތައް ނުވަތަ ކްލާސްރޫމް ޓެކްނޮލޮޖީ
ބޭނުންކުރުމުގެ ސަބަބުން މިހާރުވެސް ކުދިންނަށް ކިޔެވުމުގައި ވަރަށް ގިނަގުން
ފަސޭހަތަކެއް ލިބި ކުދިން އާއްމުކޮށް އުނގެނޭ މިންވަރަށްވުރެ އިތުރަށް އުނގެނުމުގެ
ފުރުސަތު ލިބި އިތުރަށް ތަރައްޤީވުމަށް ފަސޭހަވެގެންދެއެވެ. މީގެ އިތުރުން މި
ރިޕޯޓްގައި ފާހަގަ ކުރެވިފައިވާ ގިނަ ވައްތަރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން
ކިޔަވައިދިނުމުން ދަރިވަރުންނަށް ކިޔަވައިދިނުމަށް ޓީޗަރުން ހޭދަކުރާ ވަގުތު
ކުޑަކުރެވި، އެކުދިން ގިނަ މަޢުލޫމާތު ދެވޭކަމަށް ގިނަ މުދައްރިސުން ފާހަގަކޮށްފައިވާކަމާއި މިގޮތުން މިހާރު
ބޭނުންކުރާ ޓެކްނޮލޮޖީގެ ވައްތަރުތަކުގެ އިތުރުން އެހެނިހެން ޓެކްނޮލޮޖީގެ
ވައްތަރުތައް ބޭނުންކުރުމުން ކުރިއަށް އޮތްތަނުގައި ކުދިންގެ ކިޔެވުމަށް އިތުރު
ހަލުވިކަމެއް އައިސް އެކިއެކި ގްރޭޑްތައް ނިންމައި ނުކުންނަ ކުދިންނަކީ
މުޖުތަމައުއަށް ބޭނުންތެރި ކުދިންގެ ގޮތުގައި ސިފަކުރެވެއެވެ
މަސައްކަތުގައި ރިފަރ
ކުރެވުނު ތަކެތި
ނަން ނޭނގޭ. (n.d.). އިމްޕޯޓަންސް އޮފް ޓެކްނޮލޮޖީ އިން ސްކޫލްސް. Retrieved 11 4, 2015, from ސެސްޓް. އޯގް:
http://www.cest.org.uk/importance-of-technology-in-schools/
ބޮސްޓަން ޔުނިވަރސިޓީ. (n.d.). އިންފޮމޭޝަން ސަރވިސަސް އެންޑް ޓެކްނޮލޮޖީ. Retrieved 11 4, 2015, from
http://www.bu.edu/tech/services/teaching/classroom/technologies/
އެޑިއުކޭޝަން އޮންލައިން. (2015, 11 4). ޓީޗަރސް އެސެންޝަލް. Retrieved 11 4, 2015, from
http://www.educationworld.com/a_tech/archives/tools.shtml
މިނިސްޓްރީ އޮފް އެޑިއުކޭޝަން. (2014). ދިވެހި ގައުމީ މަންހަޖު. މާލެ: މިނިސްޓްރީ އޮފް އެޑިއުކޭޝަން.
މުލޮޓް, ސ.
(2013, 2 27). ޓެކް އިންދަ ކްލާސްރޫން ހެލްޕް އޯ ހާރޓިންގ. Retrieved 11 4, 2015, from ޕީސީ:
http://www.pcmag.com/article2/0,2817,2416044,00.asp


އާޓިކަލްގައި ހިމަނާފައިވާ މައުލޫމާތަކީ ކޯސްތަކުގައި ކިޔަވާކުދިންނަށް ވަރަށް ބެނުން ތެރި މައުލޫމާތުކޮޅެއް
ReplyDeleteވަރަށް މަޢުލާުމާތު މުއްސަދި ލިޔުމެއް ކަމުގައި ދެކެން
ReplyDeleteމަޢުލޫމާތު މުއްސަނދި ނަމަވެސް ކިޔަން ތަންކޮޅެއް އުނދަގުލެވެ.
ReplyDeleteމައުލޫމާތު މުއްސަނދި ލިޔުމެއް ދެ ފޮޅުވަތް ދޭތެރޭގެ ދުރުމިން އިތުރުކޮށްލިނަމަ ކިޔާލަން ފަސޭހަވީސް
ReplyDeleteކިޔާހިތްވާ ގޮތަށް ގެނެސްދެވިފައިވާ މައލޫމާތު މުއްސަދި ލިޔުމެއް
ReplyDeleteކުލާސް ރޫމް ތަކުގައި ޓެކުނޮލޮޖީ ބޭނުން ކުރުމުގެ ފައިދާތައް ވަރަށް ރަނގަޅަށް ބަޔާން ކޮށްދެއްވާފައިވާ ލިޔުމެކެވެ.
ReplyDeleteއޮއްޓަރު ރަނގަޅު ހުށހަެޅުން ވެސް ރީތި ލިޔުމެއް. އިތުރު ފޮޓޯ ހިމަނާލިނަމަ އިތުރަށް ފުރިހަމަ ވީސް.
ReplyDeleteHow Much Do Titanium-Arts Cost Of Titanium?
ReplyDeleteThis is a graphite titanium studs alloy with an average rating of 4 out titanium rod in leg of 5. A graphite buy metal online alloy with an average rating of 4 nano titanium by babyliss pro out of 5. It titanium phone case is also used for powder, powder and other