ކިޔެވުމުގައާއި
ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ބައެއް އޮންލައިން އެޕްލިކޭޝަންތައް ނުވަތަ
ސޮޕްޓް ވެއަރ ތައް
ލިޔުނީ: މުޙައްމަދު ނިޒާރު / ކ. މާފުށީ
16 ނޮވެންބަރ 2015
ކިޔަވައދިނުމަކީ ބުރަ
އަދި ގިނަ ވަގުތު ހޭދަވާ މާތް މަސައްކަތަކަށް ވާއިރުވެސް، މި މަސައްކަތަކީ މާކުރީ
ޒަމާނުއްސުރެ ކުރެވެމުން އައި ކަމެކެވެ. އެކި ޒަމާނުގައި ކިޔަވައިދެމުން ދިޔައީ
އެކި ފެންވަރުގައި އެކި ގޮތްގޮތަށް އެކި ތަންތާނގައެވެ. އެންމެ ކުރިން ގޭގޭގެ
ބޮޑުއަށި މަތީގައި ކިޔަވައިދޭން ފެށި މި މިމަސައްކަތް މިސްކިތްތަކުން، ޖިފުޓިގަނޑު
އަޅައިގެންނާއި މަކުޠަބު، މަދަރުސާތަކުން އައިސް މިހާރު މިވަނީ ޒަމާނީ ސްކޫލްތައް
ޢިމާރާތްކޮށް އެސްކޫލްތަކުގައި ކިޔަވަވައިދޭން ފަށާފައެވެ. އަދި ކިޔަވައިދިނުމަށް އެއްޗަކަށް
ދޮންވެލި އަޅައިގެން ޤުރުއާން ކިޔަވައިދޭން ފެށިނަމަވެސް، ބްލެކް ބޯޑާއި ޗޯކް
ޒަމާން ގާތްގަނޑަކަށް ނިމި، ކުލާސް ރޫމްތަކުގައި ވައިޓް ބޯޑް ހަރުކުރެވި މާކަރުން
ލިޔަން ފެށިފައެވެ. މިފަދަ އާދައިގެ ވަޞީލަތާއެކުވެސް ދިވެހި ޓީޗަރުން ފަސްނުޖެހި
ހީވާގިކަމާއެކު ވަނީ އޮށްސުމެއް ނުވާފަދަ ތަރިތަކެއް މުޖުތަމަޢުއަށް ނެރެދީފައެވެ.
އާދެ އެކި އެކި ރޮނގުރޮގުން މޮޅު ހުނަރުވެރި ދަރިންތަކެއް ވަނީ އުފައްދާފައެވެ.
އަޅުގަނޑުމެންގެ
ކުލާސްރޫމްތައް މިހާރުގެ ޙާލަތުން އެހެން ޙާލަތަކަށް ގެންދިޔުމަށް، ސްކޫލްތަކުގައި
އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ ކުލާސްރޫމްތަކުގައި އިންފޮމޭޝަން
ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރާ ވާހަކައެވެ. އެގޮތުން
ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ކުލާސްރޫމްތަކަށް ވަނީ އެފަދަ ވަޞީލަތްތައް
ވައްދައި އޭގެ ބޭނުންކޮށްގެން ކިޔަވައިދޭން ފަށާފައެވެ. އެގޮތުން
ކުލާސްރޫމްތަކުގައި ޓީވީ ބަހައްޓައިގެން، ޕްރެޒެންޓޭޝަން ދައްކައިގެން
ކިޔަވައިދޭން ފެށިއެވެ. އެކަމުގެ ސަބަބުން ދަރިވަރުން އިހުނަށްވުރެ ކިޔެވުމުގައި
ޝައުޤެރިވާން ފެށިއެވެ. ކިޔަވާހިތް ބޮޑުވެ ފިލާވަޅުގައި ބައިވެރިވާން ފެށިއެވެ.
އަދި ކުލާސްރޫމްތަކުގައި ޕްރޮޖެޓަރ ހަރުކޮށް ބޯޑަށް އަޅުވައިގެން
ކިޔަވައިދިނުމަށްފަހު ބައެއް ސްކޫލް ތަކުގައި ސްމާރޓް ބޯޑް ބޭނުންކުރަން ފެށިއެވެ.
ނަމަވެސް އެ ވަޞީލަތްތައް ބޭނުންކުރެވެމުން ދިޔައީ އެފަދަ ވަޞީލަތަކުން
ބޭނުންތަކަށްވުރެ މާ އާދައިގެ ގޮތަކަށެވެ. ސްމާޓް ބޯޑް ބޭނުންކުރެވެމުން ދަނީ ޕްރޮޖެކްޓަރ
އަޅުވާ ސްކްރީނެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެއީ މާގިނަ ކުދިން ބައިވެރިކޮށްގެން
ކިޔަވައިދިނުމަށް ބޭނުންކުރެވިދާވެ އެއްޗެކެވެ.
ކުލާސްރޫމްތަކުގައި
އައި. ސީ. ޓީ.ގެ ވަޞީލަތްތައް ބޭނުންކޮށްގެން ކިޔަވައިދޭއިރު އެފަދަ
ވަޞީލަތްތަކުގައި ބޭނުންކުރާނެ އެޕްލިކޭޝަންތަކާއި ސޮޕްޓް ވެއަރތައް ވަނީ
އުފައްދާފައެވެ. އެ އެޕްލިކޭޝަންތައް ބޭނުން ކޮށްގެން ކިޔަވައިދިނުމަށް
ބޭނުންކުރާނެ މެޓީރިއަލްސް ހޯދަން ފަސޭހަވެ، ފިލާވަޅުތައް ކާމިޔާބުކަމާއެކު
ނިންމާލެވެއެވެ. އެޕްލިކޭޝަން ސްޓޯރގައި އެތަށް ހާސް އެޕްލިކޭޝަންތަކެއް، ހިސާބާއި
ސްއިންސް އަދި ބޭރުގެ ބަސް ކިޔަވައިދިނުމަށާއި ކިޔުމަށް އެބަހުއްޓެވެ. ކުލާހުގައި
ކުދިން ބައިވެރިކޮށްގެން، އެލެމެންޓްތަކުގެ ޕީރިއޮޑިކް ޗާރޓެއް ބްރޯސް
ކޮށްލެވިދާނެއެވެ.
ސްކޫލްތަކުގެ ބަޖެޓް
ކުޑަ ދުވަސްވަރެއްގައި، އުނގެނުމާއި އުނގަންނައިދިނުމުގެ އޮންލައިން
އެޕްލިކޭޝަންތައް ހިލޭ ފަސޭހައިން ލިބެން ހުރިއިރު، އޭގެ ބޭނުން ހިފުމަކީ ވަރަށް
ބޭނުންތެރިކަމެކެވެ. ލުއިސާ މެލަރ (2012) ދެކޭގޮތުގައި ކުލާސްރޫމްގައި ޓެކްނޮލޮޖީ
ބޭނުންކޮށްގެން އުނގެނޭ ކުދިންނަށް އޮންލައިން އެޕްލިކޭޝަންއަކީ އެކުދިންގެ ދެވަނަ
ދުނިޔެއެވެ. އަހަރުމެން ޓީޗަރުންނާއި އައި. ސީ. ޓީ. ކޯޑިނޭޓަރުން ކުރައްވަން ޖެހޭ
ކަމަކީ އެކުދިންނަށް އޮންލައިން އެޕްލިކޭޝަން ތަޢާރަފު ކޮށްދިނުމެވެ. އޭރުން
އެކުދިންގެ އުފެއްދުންތެރިކަމާއި، ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
ކުރިއަރާނެއެވެ.
ކިޔަވާކުދިންނަށް
އޮންލައިންކޮށް ކިޔެވުމަށް ވަރަށް ގިނަ އެޕްލިކޭޝަން އާއި ސޮފްޓްވެއަރތައް ތައްޔާރުކޮށްފައި
އެބަހުއްޓެވެ. އެގޮތުން ތިރީގައި މި ލިޔެލަނީ އުނގެނުމާއި އުނގަންނައިދިނުމުގައި
ބޭނުންކުރެވިދާނެ ބައެއް އޮންލައިން އެޕްލިކޭޝަން އާއި ސޮޕްޓް ވެއަރތަކެކެވެ.
·
ގޫގުލް ފޯރ އެޑިޔުކޭޝަން
-
ގޫގުލް ސްލައިޑް
-
ގޫގުލް ޑޮކްސް
-
ގޫގުލް ކުލާސްރޫމް
·
އިންޓަރނެޓް އެކްސް ޕްލޯރަރ
·
ޔޫޓިއުބު ފޯރ އެޑިއުކޭޝަން
·
ކެންވަސް
·
ގޫގުލް ޑްރައިވް
·
ބްލޮގަރ
·
ޕިންޓަރެސްޓް
މިއިން ކޮންމެ އޮންލައިން
އެޕްލިކޭޝަނަކުން ތިމާ އުފައްދާ ރިސޯސްތައް އެހެން މީހުންނަށް ފޯރުކޮށްދިނުމުގެ
އިތުރުން ތިމާއަށް ބޭނުންވާ ރިސޯސްތައް ހޯދާ، ބޭނުން ކުރެވެއެވެ.
ލުއިސާ މެލަރ (2012)
ވަނީ ކިޔަވައިދިނުމަށް ރަނގަޅު ބަދަލެއް ގެނުވާނެ ދިހަ އޮންލައިން އެޕްލިކޭޝަން
ހާމަކޮށްފައެވެ. އޭގެތެރެއިން އަޅުގަނޑު މި ބަޔާންކުރަނީ ބައެއް
އެޕްލިކޭޝަންއަށެވެ.
·
ވޯލްވިޝަރ
އެންމެ ފުރަތަމަ ނަޒަރުންވެސް، އޮނލައިން ނޯޓިސް ބޯޑް ޓޫލް، ވޯލް ވިޝަރ
ހީވާނި އެއީ ވަކި މިންވަރަކަށް
ބޭނުންކުރެވޭ އެޕްލިކޭޝަނެއްގެ ގޮތުގައެވެ.
ނަމަވެސް ވޯލްވިޝަރ އިން ވާރޗުއަލް
ކުލާސްރޫމް ވޯލް ހެދޭނެއެވެ. މީގެ އިތުރުން 160 އަކުރުގެ މެސެޖާއި، ވެބްލިންކާއި،
ފޮޓޯ އަދި ވީޑިއޯ އާއި އޯޑިއޯ ޕޯސްޓް ކުރެވޭނެއެވެ. މި އެޕްލިކޭޝަން
ބޭނުންކޮށްގެން ދަރިވަރުންނަށް މައިންޑް މެޕާއި، ދެވޭ ސުރުޚީއަށް ރިސާރޗް ވޯލް
ހެދޭނެއެވެ. އަދި ޓީޗަރުން ނުވަތަ ދަރިވަރުން ގުޅިގެން ހަދާފައިވާ ސުރުޚީ
ވޯލްއަކަށް ވަރަށް ފުޅާކޮށް މަޝްވަރާ ކުރުމަށް ފުރުޝަތު ދެވޭނެއެވެ.
·
ޕްރެޒި (Prezi)
މިއީ ޕްރެސެންޓޭޝަން ޓޫލެކެވެ. ޕްރެޒީ ބޭނުންކުރާ ކުދިންނަށް ބޮޑެތި
ފޮޓޯތަކަށް ޓެކްސްޓް ސްލައިޑް އާއި ވީޑިއޯ
ކުލިޕް ލެވޭނެއެވެ. ދަރިވަރު މައިކްރޯ ސޮފްޓް ޕަވަރ ޕޮއިންޓް ބޭނުންކުރާއިރު
ޕްރެޒި މެދުވެރިކޮށް، އެއީ ބަލާހިތްވާ، ދިރުމެއްވާ ފަދަ، ގަޔާވާ ފަދަ ގޮތް
ހަދާލެވޭނެއެވެ.
ޑިސްޓެންސް ލާރނިންގ ސޮލިއުޝަން އަދި އޮންލައިން އެޑިއުކޭޝަން، ދުނިޔޭގެ އެކި
ހިސާބުތަކުގެ ޓީޗަރުންނާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ވަރަށް
ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ. އެގޮތުން ތިރީގައި މި ހިމަނާލަނީ ސްކޮޓްސްޓީންބަރގް (2013) ހާމަކޮށްފައިވާ ވަރަށް ބޭނުންތެރި ގިނަ އެޕްލިކޭޝަންތަކުގެ ތެރެއިން
ބައެއް އެޕްލިކޭޝަންތަކެވެ.
·
އެޑޯބް ކަނެކްޓް Adobe connect
·
ކެންވަސް Canvas
·
ކޯސެރާ Coursera
·
އެޑްއެކްސް edX
·
ފޭސްޓައިމް Face Time
·
ސްކޫލޮޖީ Schoology
·
ސްކައިޕް Skype
·
ޔުޑޭސިޓީ Udacity
މި ލިސްޓުގައިވެސް
އަޅުގަނޑުމެން މިހާރު ބޭނުންކުރަމުންދާ ބައެއް އެޕްލިކޭޝަންތައް އެބަހުއްޓެވެ.
އެގޮތުން ކެންވަސް ފަދަ އެޕްލިކޭޝަނުން މިހާރުވެސް ކޯސްތަކުގައި ކިޔަވަމުންނާއި
ކިޔަވއިދެމުން އެބަ ދެއެވެ. ވިމާ އޮންލައިން އެޕްލިކޭޝަން ބޭނުންކޮށްގެން
ކުލާސްރޫމްގައި ކިޔަވައިދިނުމަކީ ވަރަށް މުޙިއްމުކަމެއްކަމުގައި އަލުގނޑު
ދެކެމެވެ.
ރެފަރެންސް



މިމައުލޫމާތު ކޮޅުން ވަރަށް ފުރިހަމައަށް ކިޔެވުމާއި ކިޔަވައިދިނުމުގައި ބޭނުން ކުރާނެ އެޕްލިކޭޝަން ތަކެއްގެ މައުލޫމާތު ކޮޅެއް ލިބުނުކަން ފާހަގަކުރަން
ReplyDeleteވަރަށްގިނަ މަޢުލޫމާތުތަކެއް ލިބިގެން ދިޔައެވެ.
ReplyDeleteވަރަށް ފުރިހަމަ އަދި ބޭނުންތެރި މައުލޫމަތުތަކެއް ލިބއްޖެ! ވަރަށް ބޮޑަށް ޝކުރިއްޔާ !
ReplyDeleteماشاءالله!.. މި އާޓިކަލް ކިޔާލުމުން އަޅުގަނޑު ބޭނުންވާ ބައެއް މަޢުލޫމާތު ލިބިއްޖެ.
ReplyDeleteޒަމާނީ / ސްކޫލް ކުލާސް ރޫމްގައި ބޭނުންކުކާ ވަސީލަތްތަކުގެ ތެރެއިން ބައެއް ވަޞީލަތްތައް ޕޮއިންޓްއައުޓްކޮށް ސައިޑް ޓޮޕިކް ލިޔެފައި އޭގެދަށުން ތަފްޞީލް ކުރިނަމަ ތަންކޮޅެއް ރަނގަޅުވީސް. އަދި ބައެއް ޓޫލް ޕޮއިންޓް ފޯމަށް ލިޔެފައިވާއިރު އޭގެ އެއްވެސް ތަފަޞީލެއް ނެތް ގެނެސްފައި. އަދި ލިޔުންގަނޑުތެރެއިން ރެފަރެންސަށް ދެވޭގޮތަށް ލިންކް ލާފައި ނުވާކަން ފާހަގަކުރަން.
ReplyDeleteމައުލޫމާތު ވަރަށް މުއްސަނދި. އަރިމަތީ ސުރުޚީތަކަށް ބަހާލައިގެން ފުރަތަމަބައިވެސް ހުށަހަޅާލިނަމަ ވަރަށް ފުރިހަމަ ވީސް.
ReplyDelete